Roadha Mihaaru
ސީރިއާގައި ކެމިކަލް ހަތިޔާރު ހުރި ކަމާމެދު ޝަައްކެއް ނެތް

ސީރިއާގައި ކެމިކަލް ހަތިޔާރު ހުރި ކަމާ މެދު ޝަައްކެއް ނެތް: އެެމެރިކާ

21 އެޕްރީލް 2017

ތެލް އަވީވް (އެޕްރީލް 21) - ސީރިއާގައި ކެމިކަލް ހަތިޔާރު ހުރިކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެލް އަވީވް (އެޕްރީލް 21) - ސީރިއާގައި ކެމިކަލް ހަތިޔާރު ހުރިކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގައި ވާހަކަ ދައްކަވަމުން މަޓިސް ވިދާޅުވީ ކެމިކަލް ހަތިޔާރު ހަވާލު ކުރުމަށް 2013 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމާ ސީރިއާ އިން ޚިލާފުވެފައިވާ ކަމަށެވެ. އަދި ސީރިއާގެ ހަނގުރާމަ މަތީ ބޯޓުތައް ވަނީ އެ ގައުމުގައި ރަޝިޔާ ސިފައިން ބޭނުން ކުރާ ވައިގެ މަރުކަޒަކަށް ބަދަލުކޮށްފައި ކަމަށް ވެސް މަޓިސް ވިދާޅުވި އެވެ.

މި މަހު 4 ވަނަ ދުވަހު ސީރިއާ އިން ދިން ކެމިކަލް ހަމަލާއެއްގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރައްދުގައި އެމެރިިކާ އިން ވަނީ ސީރިއާ އަށް މިސައިލް ހަމަލާ ދީފަ އެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނެ ވާހަކައެއް އުފައްދާފައިވާ ކަމަށެވެ.

ސީރިއާގައި ބޭނުންކޮށްފައި ވަނީ ސަރިން ގޭސް ކަމަށްވޭ. --ފޮޓޯ:ރޮއިޓާސް

ސީރިއާގައި ބޭނުންކޮށްފައި ވަނީ ސަރިން ގޭސް ކަމަށްވޭ. --ފޮޓޯ:ރޮއިޓާސް

ސީރިއާގައި ހުރީ ކިހާ އަދަދެއްގެ ކެމިކަލެއް ކަމެއް މަޓިސް ވިދާޅެއް ނުވެ އެވެ. ނަމަވެސް އިޒްރޭލުގެ ދިފާއީ އޮފިޝަލުން ބުނަނީ އެ ގައުމުގެ ޖާސޫސީ މައުލޫމާތު ދައްކާ ގޮތުން ސީރިއާގައި 1-3 ޓަނުގެ އަދަދަކަށް މަނާކޮށްފައިވާ ކެމިކަލް ހުންނާނެ ކަމަށެވެ.

ރަޝިޔާ އިން ބުނެފައި ވަނީ ސީރިއާ ސަރުކާރުން ކެމިކަލް ހަމަލާއެއް ދީފައި ނުވާ ކަމަށެވެ. އަދި އެއީ އިދިކޮޅު ހަނގުރާމަވެރިންގެ ކެމިކަލް ގުދަނަކަށް ހަމަލާ ދިނުމުން ބޭރުވި ގޭހެއް ކަމަށް ވެސް ބުނެފައިވެ އެވެ. ސީރިއާގައި ބޭނުންކޮށްފައި ވަނީ ވިހަ މާއްދާއެއް ކަމަށްވާ ސަރިން ގޭސް ކަމަށްވެ އެވެ.