25 އޮކްޓޯބަރ 2017
ލަންޑަން (އޮކްޓޯބަރު 25) – އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ޕްރިމިއާ ލީގުގެ ގަދަބާރުތައް ކަމަށްވާ އާސެނަލާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދައިފި އެވެ.
ލަންޑަން (އޮކްޓޯބަރު 25) – އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ޕްރިމިއާ ލީގުގެ ގަދަބާރުތައް ކަމަށްވާ އާސެނަލާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދައިފި އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ގަދަފަދަ ސިޓީ އަށް ފުރުސަތު ލިބުނީ ހަތަރު ވަނަ ބުރުގައި ރޭ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ވުލްވްސް އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ސިޓީގެ ހަތަރު ޕެނަލްޓީ ވެސް ކެވިން ޑިބްރޭނާ އާއި ޔާޔާ ޓޫރޭ އާއި ލެރޯއީ ސާނޭ އަދި ސާޖިއޯ އަގުއޭރޯ ވަނީ ކާމިޔާބުކޮށްފަ އެވެ. ވުލްސްގެ ފުރަތަމަ ޕެނަލްޓީ ލެއޯ ބޮނަޓިނީ ކާމިޔާބުކުރިއިރު އަނެއް ދެ ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފަ އެވެ.
އާސެނަލް ފުރުސަތު ހޯދީ ހަތަރު ވަނަ ބުރުގައި ރޭ ދެ ވަނަ ޑިވިޝަނުގެ ނޯވިޗް ސިޓީ އަތުން އިތުރު ވަގުތު ކުޅެ 2-1 އިން މޮޅުވެގެންނެވެ. މި މެޗުގެ 34 ވަނަ މިނެޓުގައި ޖޯޝް މާފީ ވަނީ ނޯވިޗަށް ކުރި ހޯދައިދީފަ އެވެ. އާސެނަލަށް 85 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އަދި އިތުރު ވަގުތުގައި ކުރި ހޯދައިދިނީ އުމުރުން 18 އަހަރުގެ ފޯވާޑް އެޑީ ކެޓިއާ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދިޔައީ ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެގެންނެވެ. މި މެޗުގައި ޔުނައިޓެޑުގެ ދެ ގޯލް ވެސް ޖަހައިދިނީ ޖެސޭ ލިންގާޑެވެ.
ހަތަރު ވަނަ ބުރުގައި މިރޭ އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނައިރު ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރަނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ.
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
ޗެލްސީ އާއި ޔުނައިޓެޑަށް ބޮޑު މޮޅެއް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް
ސިޓީ އަތުން ބަލިވެ، ޔުނައިޓެޑް ވެއްޓިއްޖެ
ޔުނައިޓެޑް ކަޓައިފި، ލަންޑަނުގެ 4 ޓީމު ކުރިޔަށް
ޔުނައިޓެޑާއި އާސެނަލް އެއްވަރު، ސިޓީ އަށް ލީޑެއް