25 އޮކްޓޯބަރ 2017
ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން އެފްއޭއެމުން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ޕޮލިހާއި އެމްއޭސީއެލް، ސްޓެލްކޯ އަދި އެސްޓީއޯ ޖާގަ ހޯދައިފި އެވެ.
ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން އެފްއޭއެމުން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ޕޮލިހާއި އެމްއޭސީއެލް، ސްޓެލްކޯ އަދި އެސްޓީއޯ ޖާގަ ހޯދައިފި އެވެ.
މި ހަތަރު ޓީމުން ސެމީ ފައިނަލުގެ ޖާގަތަށް ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ. ޕޮލިހުން ވަނީ ދިރާގުގެ މައްޗަށް 6-1 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ޕޮލިހުގެ އަލީ ފަހުމީ އާއި އަލީ މާނިހު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ އިސްމާއިލް ސައިމަލް އަދި މޫސާ އަފުރާހު އެވެ.
އެމްއޭސީއެލް ވަނީ 6-2 އިން މިފްކޯ ބަލިކޮށްފަ އެވެ. މި މެޗުގައި އެމްއޭސީއެލްގެ ލަނޑުތައް ކާމިޔާބުކުރީ އާދަމް ނަޝްވާން ދެ ގޯލް އަދި ސައްޔާހު އައްބާސް އާއި އަހުމަދު ޒައިދުގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ. އަނެއް ދެ ލަނޑަކީ މިފްކޯގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ. މިފްކޯގެ ދެ ލަނޑު ޖެހީ މުހައްމަދު ހާޝިމް އަދި ހަސަން ޒާހިދު އެވެ.
އެސްޓީއޯ މޮޅުވީ ހައުސިން މިނިސްޓްރީއާ ވާދަކޮށް 3-0 އިންނެވެ. އެސްޓީއޯގެ ލަނޑުތައް ޖެހީ މުހައްމަދު އިމްރާން (އިންމި) ދެ ގޯލާއި އަލީ ނައުޝާދު އެވެ.
ފެނަކައިގެ މައްޗަށް ސްޓެލްކޯ އިން ވަނީ 10-1 އިން ކުރިހޯދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސްޓެލްކޯގެ ހާރޫން އިބްރާހިމް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި އަލީ މާއިސް ހެޓްރިކެއް ހެދިއިރު، އާދަމް އިލްޔަސައު، އަބްދުލް މުހައިމިން އަދި އަހުމަދު ނަޝާހު ވަނީ ލަނޑު ޖަހައިފަ އެވެ. ފެނަކައިގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ލަތީފު އެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެރޭ ކުޅޭ ފުރަތަމަ ސެމީގައި ޕޮލިސް ވާދަކުރާނީ އެމްއޭސީއެލްއާ އެވެ. ދެ ވަނަ ސެމީގައި އެސްޓީއޯ ކުޅޭނީ ސްޓެލްކޯއާ ދެކޮޅަށެވެ.
ހެންވޭރު ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި މިރޭ ކުރިއަށްދާނީ އަންހެން ބައިގެ ސެމީ ފައިނަލް މެޗުތަކެވެ. މާދަމާރޭ އޮންނަ ސެމީ ފައިނަލުގައި ވާދަކުރާނީ އެމްއެންޑީއެފް އާއި ފެނަކަ އަދި އައިލެންޑް އޭވިއޭޝަން އާއި އެމްޕީއެލް އެވެ. މެޗުތައް ފަށާނީ 8 ޖަހާއިރު އެވެ.
ނަތީޖާއާ އެކު ކުންފުނިތައް އުންމީދީ ބަދަލަކާ ދިމާއަށް
ކުންފުނިތައް ހިންގުން ދޯދިޔާ، އިސްލާހު ބޭނުން: ރައީސް
ޑިޒްނީ އާއި ސްޓާވޯޒްގެ ކެރެކްޓާތަކުން މަގުތައް ފުރިއްޖެ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި
އާބަންކޯއާއި ސްޓެލްކޯ އޮފީސް މުބާރާތް މޮޅަކުން ފަށައިފި
އެސްއޯއީތަކަށް ފުރަތަމަ ކުއާޓަރުގައި 10 ބިލިއަން
އެމްއޭސީއެލްއާއި ސްޓެލްކޯ ފްލެޓްތަކަށް އެފްޓީޓީއެޗް ދީފި
މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަންގެ ފައިދާ
ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް