08 އޯގަސްޓް 2022
އެމްއޭސީއެލް އަދި ސްޓެލްކޯގެ އެޕާޓްމެންޓްތަކަށް އެޗްޑީސީން އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަން ފޯރުކޮށްދީފި އެވެ.
އެމްއޭސީއެލް އަދި ސްޓެލްކޯގެ އެޕާޓްމެންޓްތަކަށް އެޗްޑީސީން އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަން ފޯރުކޮށްދީފި އެވެ.
އެޗްޑީސީން ބުނީ މިކަމަކީ ކުރިމަގުގައި ހުޅުމާލޭގައި ތަރައްގީ ކުރާ އޯޕަން އެކްސެސް ނެޓްވޯކާއި ފައިބަ ކަނެކްޝަންތައް ފުޅާކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރެއިން ހިމެނޭކަމެއް ކަމަށެވެ.
އެފްޓީޓީއެޗް ކަނެކްޝަން އަކީ އެޕާޓްމެންޓް ހުންނަ އިމާރާތްތަކަށް ނުވަތަ އެނޫން ވެސް މީހުން ދިރިއުޅޭ ތަންތަނަށް ބޭނުންވާ ކޭބަލް ޓީވީ އަދި އިންޓަނެޓް ފަދަ ހިދުމަތްތައް ދިނުމުގެ ގޮތުން އަޅާ އޮޕްޓިކަލް ފައިބަ ކަނެކްޝަނެކެވެ.
އެޗްޑީސީން ބުނިގޮތުގައި، މިހާރު ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ މީހުން އިންޓަނެޓާއި ކޭބަލް ޓީވީ ހިދުމަތް ހޯދަން ބޭނުންކުރަނީ އެ ކުންފުނީގެ އެފްޓީޓީއެޗް ކަނެކްޝަނެވެ.
އެފްޓީޓީއެޗްގެ ސަބަބުން މުޖުތަމައުއަށާއި ހިދުމަތްދޭ ފަރާތްތަކަށް ފައިދާކުރެ އެވެ. އެގޮތުން، އެ ކަނެކްޝަން ގުޅާފައި ހުންނަ ގެއަކަށް ބަދަލުވާ ތަނުން އިންޓަނެޓާއި ޓީވީ ގެ ހިދުމަތް ވަގުތުން ލިބޭނެ އެވެ. އަދި އެފްޓީޓީއެޗްގެ އިންޓަނެޓް ސްޕީޑް އަވަސްވެ، ސާވިސް ރޭންޖު ފުޅަލެވެ.
އެފްޓީޓީއެޗްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކަށް ފިޒިކަލް ކޭބަލިން އިންސްޓޯލް ކުރަން ނުޖެހި ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދެވޭނެ އެވެ. އަދި އެ ހިދުމަތްތައް ބޭނުންކުރާ މީހުން އިތުރުވެ، ކޭބަލް އިންސްޓޯލް ކުރަން ދާ ވަގުތާއި ހަރަދު ކުޑަކުރެވޭނެ އެވެ.
އެޗްޑީސީން ބުނީ އޯޕެން އެކްސެސް ނެޓްވޯކެއް ގާއިމްކުރުމަކީ މުޖުތަމައުއެއް ޑިޖިޓަލީ ކުރިއަރާ ދިއުމަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ބަދަލުކުރަނީ!
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
ހާމަ އަށް ދޫކޮށްލާފައި އޮންނަ މަރުގެ ދަންތުރަތަކެއް!
އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި
އާބަންކޯއާއި ސްޓެލްކޯ އޮފީސް މުބާރާތް މޮޅަކުން ފަށައިފި
އެންމެބޮޑު ސްކްރީނުން ހުޅުމާލޭގައި ވޯލްޑްކަޕް ދައްކަނީ
"ކަރަންޓު ކެނޑުނު މައްސަލާގައި ފިޔަވަޅު އަޅާނަން"
ވަގުތީ ކޭބަލެއް އަޅައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފި
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
އެސްއޯއީތަކަށް ފުރަތަމަ ކުއާޓަރުގައި 10 ބިލިއަން