މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
އެކަން އިއުލާން ކުރެއްވީ ކެބިނެޓުގެ ބައްދަލުވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމު ކުރެއްވި ވީޑިއޯއެއްގަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް އެއްކޮށްލައިގެން ހިންގާނެ ގޮތްތަކުގެ މަޝްވަރާތައް ކެބިނެޓުގައި މިއަދު ކުރައްވާނެ ކަމަށެވެ. ދެން އެޖެންޑާ ކޮށްފައި އޮތީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމާއި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައިގެން ހިންގޭނެ ގޮތްތައް ހޯދުމުގެ މަޝްވަރާ އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގަން ނިންމައިފަ އެވެ. އޭގެ މަޝްވަރާތައް ފަށައި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ އެސްޓީއޯގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ފެނަކަ ހިންގަން ފަށާ ގޮތަށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއްކޮށްލާނެ ކުންފުނިތައް ކަނޑައަޅައި އެކަން އެގޮތަށް ކުރުމަކީ ރައީސް މުއިއްޒު ކުރިން ވެސް ނިންމަވާފައިވާ ކަމެކެވެ. އޭގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ހަފުތާގަ އެވެ.
ރައީސް ވިދާޅުވީ، އިގުތިސާދު ޑައިވާސިފައި ކުރުމުގެ ބޭނުމުގައި "އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް" އެއް ތައާރަފު ކުރުމުގެ މަޝްވަރާތައް ވެސް ކެބިނެޓުގައި މިއަދު ކުރިއަށް ގެންދަވާނެ ކަަމަށެވެ. އެއީ ދުބާއީ ފަދަ ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަން އެ މަނިކުފާނުގެ ވީޑިއޯގައި މިއަދު ފާހަގަކުރެއްވި އެވެ.
ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް!
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
އެމްއޭސީއެލަށް ނޫރްއައިން، އެޗްޑީސީއަށް ޝަހީރު
"ކުންފުނިތަކަށް ބަދަލުތައް ގެންނަން، ފައިދާ ފެނޭ"
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ރައީސް، މުލީ އެއާޕޯޓް ހުޅުއްވައިދެއްވައިފި
"ތަރައްގީގެ ޕްލޭންގެ ކަންކަން ރަނގަޅަށް ކުރިއަށްދޭ"
ހުޅުމާލޭގެ ބައެއް ފްލެޓުތަކުގެ މަރާމާތް އެފްޑީސީ އަށް
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
ޖެނެރޭޝަން ބޭންއަށް ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ