ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، ހަލާކުވި މައްސަލައިގައި ޑޮކްޓަރުގެ މައްސަލަތަކެއް ހުރި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
25 އޮކްޓޯބަރ 2017
ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، ހަލާކުވި މައްސަލައިގައި ޑޮކްޓަރުގެ މައްސަލަތަކެއް ހުރި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެމައްސަލަ ތަހުގީގުކުރުމުން އެނގުނީ ބަލަންވާ ވަރަށް ނުބެލުމުގެ މައްސަލަތަކެއް ހުރި ކަން ކަމަށެވެ. އެހެންކަމުން އޭނާއާ މެދު ފިޔަވަޅު އަޅަން މެޑިކަލް ކައުންސިލަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިމަރަފުށީ އުމުރުން 25 އަހަރުގެ އަލަމް އައްބާސްގެ ފައިގައި އެ އަތޮޅު، އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅީ ކުޑަ ހުޅުގައި ރެނދެއް ލާފައިވާ ކަމަށް ފެނިގެންނެވެ. އެކަމަކު އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޕްލާސްޓަރު އެޅިތާ ދެ ދުވަސް ތެރޭގައި އެ ހިސާބުގަނޑު ފާރުވާން ފެށީ އެވެ. ޕްލާސްޓަރު ނައްޓާލިއިރު އެ ހިސާބު އޮތީ ފާރުވެ، ދޮސް އުފެދިފަ އެވެ.
އޭނާ މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދޭން ފެށީ ފައިގެ އެ ބައި ގިރިފައި އޮތުމުންނެވެ. ފައި ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު ކުރިން އުފެދުނު ނަމަވެސް ފަރުވާދީ މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
އަލަމް އޭޑީކޭގައި އޮތް އިރު "މިހާރު" އަށް އިންޓަވިއު ދެނީ-- މިހާރު ފޮޓޯ: ހުސެއިން ވަހީދު
ތ. އަތޮޅުން އަލަމްގެ ފައިގައި ޕްލާސްޓަރު އެޅީ ބޭރުގެ ޑޮކްޓަރެކެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
ޕްލާސްޓަރު އަޅައިގެން މިވަރުގެ މައްސަލައެއް ދިމާވިކަން އާންމުންނާ ހަމައަށް ތިލަވި މިއީ ފުރަތަމަ ފަހަރެވެ. އެހެން ބައެއް ޑޮކްޓަރުން އޭރު ބުނި ގޮތުގައި އެ މައްސަލާގައި ޑޮކްޓަރުގެ އިހުމާލެއް އޮންނާނެ އެވެ.
އެކަމަކު ތ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒަކީ އޭރު ވިދާޅުވެފައި ވަނީ އަލަމްގެ މައްސަލައިގައި ހޮސްޕިޓަލްގެ އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ހޮސްޕިޓަލްގެ އިހުމާލެއްވާކަމަށް ގަބޫލެއް ނުކުރޭ
އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ
ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރިން: އަަލަމް
ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ބައެއް ގިރިއްޖެ
އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ
18 ރަށެއްގެ ސިއްހީ ހިދުމަތްދޭ އިމާރާތް ހަވާލުކޮށްފި
ސިއްހީ ދާއިރާއިން އެހީދޭން ބްރޫނާއިއާއެކު މަޝްވަރާ
ތުއްތު ކުއްޖެއްގެ ކުއްލި މަރާ އެކު އިހުމާލުގެ ތުހުމަތު
ދުންފަތް ވިއްކަން ބޭނުންވާ ލައިސަންސަށް ހުޅުވާލައިފި
ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ