15 ސެޕްޓެމްބަރ 2017
ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އުފެދިއްޖެ އެވެ.
ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އުފެދިއްޖެ އެވެ.
ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ތިމަރަފުށީ އުމުރުން 25 އަހަރުގެ އަލަމް އައްބާސްގެ ފައިގައި ޕްލާސްޓަރު އެޅީ ކުޑަ ހުޅުގައި ރެނދެއް ލާފައިވާ ކަމަށް ފެނިގެންނެވެ. އެކަމަކު އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޕްލާސްޓަރު އެޅިތާ ދެ ދުވަސް ތެރޭގައި އެ ހިސާބުގަނޑު ފާރުވާން ފެށީ އެވެ.
އޭނާ ބުނީ އޭޑީކޭ އަށް ގެނެސް ދެއްކުމުން ފައި ބުރިކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
"ދެ ދުވަސް ފަހުން މާ ބޮޑަށް ތަދުވާތީ [ވޭމަންޑުއަށް އަނެއްކާ] ދައްކަން ދިޔައިމާ ބުނީ މައްސަލައެއް ނެތޭ،" އާއިލާގެ މީހާ ކިޔައިދިނެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި އޭގެ ފަހުން ތިމަރަފުއްޓަށް ގޮސް ހުއްޓާ ޕްލާސްޓަރު ތެރެއިން ދިޔަތަކެއް ނުކުތީ އެވެ.
"ދެން ދިޔައީ ތިމަރަފުށީ ސިއްހީ މަރުކަޒަށް. އެތަނަށް ގޮސް ޕްލާސްޓަރު ފަޅާލިއިރު ފައި ޗިސްވެފައި ވަނީ،" އޭނާ ބުންޏެވެ.
އެކްސްރޭ ނަގައިގެން ބެލުމަށް ފަހު އޭޑީކޭގެ ޑޮކްޓަރުން ދިން މައުލޫމާތުތަކަށް ބިނާކޮށް އާއިލާ އިން ބުނީ އަލަމްގެ ފައިގައި ރެނދެއް ވެސް ލާފައި ނުވާ ކަމަށެވެ.
"އޭޑީކޭ ޑޮކްޓަރު ބުނީ ޕްލާސްޓަރު އަޅާކަށް ވެސް ނުޖެހެއޭ،" އާއިލާގެ މެމްބަރު ބުންޏެވެ.
އަލަމްގެ ފައި ސަލާމަތްކުރެވޭތޯ އާއިލާ އިން މިހާރު މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް ބޭރަށް ގެންދެވޭތޯ އެވެ.
މި މައްސަލާގައި ބަހެއް ހޯދަން ތ. އަތޮޅު ހޮސްޕިޓަލަށް ގުޅުމުން އެތަނުގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަމްއަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލު މިވަގުތު ހާމަކުރެއްވެން ނެތް ކަމަށް ވިދާޅުވި އެވެ.
ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރިން: އަަލަމް
ހޮސްޕިޓަލްގެ އިހުމާލެއްވާކަމަށް ގަބޫލެއް ނުކުރޭ
އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ
އޮކްސިޖަން ނުލިބިގެން މީހަކު މަރުވި މައްސަލައެއް ބަލަނީ
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ސަލްމާގެ މަރުގެ ބަދަލު ހޯދަން ދައުވާ ކުރަނީ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ގަވައިދާ ހިލާފުވުމުން އޭޑީކޭގެ ކެންޓީން ބަންދުކޮށްފި
ތިން ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ފަރުވާ ލަސްވި ކަމަށް ފަހުން އެއްބަސްވި: އާއިލާ