Roadha Mihaaru
އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ

އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ

26 ސެޕްޓެމްބަރ 2017

ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅުމުން އިންފެކްޝަން އުފެދި ކަނާތު ފައިގެ ބައެއް ގިރުނު ތ. ތިމަރަފުށީ ޒުވާނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅުމުން އިންފެކްޝަން އުފެދި ކަނާތު ފައިގެ ބައެއް ގިރުނު ތ. ތިމަރަފުށީ ޒުވާނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރެއްގެ މަގާމުގައި ހުރި އަލަމް އައްބާސް، 23، ގެ އާއިލާގެ މެމްބަރަކު ބުނީ ފައިގެ އިންފެކްޝަން މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އެކަމަކު ކަނާތު ފައިގެ ކުޑަ ހުޅު ކައިރިން ގިރުނު ބަޔަށް އޭގެ ޒާތުގައި އަމިއްލައަށް މަަސްއަރާތޯ ބަލަން އަދިވެސް އޮތީ އޭޑީކޭގައި އެޑްމިޓްކޮށްފައި ކަމަށް އޭނާ ބުންޏެވެ.

"މިހާރު ހަމަ އެޑްމިޓްކޮށްފައި އޮތީ ގިރުނު ހިސާބަށް މަސް އަރާތޯ. މަސް ނާރައިފިއްޔާ އޮޕަރޭޝަނެއްކޮށް ގައިގެ އެހެން ތަނަކުން މަސް ނަގައިގެން ލައްވަން ޖެހޭނީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވޭމަންޑުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އަލަމް ދިޔައީ ފުުޓްބޯޅަ ކުޅެނިކޮށް ބޯޅަ މާ ބަރަށް ޖެހުމުން ފަޔަށް އެރި ތަދު ބޮޑުވުމާއި އެ ހިސާބުގަނޑު ދުޅަވުމުންނެވެ. އެ ހޮސްޕިޓަލުން އެތަނުގައި ޕްލާސްޓަރު އެޅި އެވެ. އޭގެ ތިން ދުވަސް ފަހުން އެ ހިސާބުގައި ފާރުގަނޑެއް އުފެދި، ދޮސް ބައިފަން ފެށި އެވެ.

Plaster nattaala dheyn aadheys kurin, miee hospital ge massala eh: alam

Plaster nattaala dheyn aadheys kurin, miee hospital ge massala eh: alam

The most trusted news source in the Maldives

Mihaaru

އަލަމްގެ ފައި ގިރުމާ ގުޅޭ ގޮތުން "މިހާރު"އަށް ދިން އިންޓަވިއު

އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެނައުމުން ޑޮކްޓަރުން ފުރަތަމަ ލަފާކުރީ އިންފެކްޝަން އުފެދިފައި އޮތްލެއް ބޮޑުކަމުން އެ ފައި ބުރިކޮށްލަން ވެސް ޖެހިދާނެ ކަމަށެވެ. ނަމަވެސް ދޭން ފެށި ފަރުވާއާ އެކު އެ އިންފެކްޝަން ރަނގަޅުވާން ފެށި އެވެ.

އަލަމްގެ ހާލަތާ ބެހޭ ގޮތުން އޭޑީކޭ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އޭޑީކޭ އާއި އައިޖީއެމްއެޗުގެ ޑޮކްޓަރުން ނިންމާފައި ވަނީ އޭނާއަށް ކުރިމަތިވި މައްސަލާގައި މީޑިއާއާ އެއްވެސް ވާހަކައެއް މިވަގުތު ހިއްސާނުކުރަން ކަން ވެސް އެނގިފައިވެ އެވެ.

އޭޑީކޭގައި އޮވެ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި އަލަމް ބުނީ އޭނާގެ ފައި އެހާ ބޮޑަށް ގޯސްވީ ޕްލާސްޓަރުގެ ސަބަބުން މާ ބޮޑަށް ތަދު އަރައިގެން ހޮސްޕިޓަލަށް އަލުން ގޮސް ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރުމުން ވެސް އެގޮތަށް އަމަލްނުކުރުމުން ކަމަށެވެ.

ތ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒަކީ ވިދާޅުވެފައި ވަނީ އަލަމްގެ މައްސަލާގައި އެ ހޮސްޕިޓަލްގެ އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ހުރިހާ ލިއެކިއުންތައް ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.