Roadha Mihaaru
ސަލްމާގެ މަރުގެ ބަދަލު ހޯދަން ދައުވާ ކުރަނީ

ސަލްމާގެ މަރުގެ ބަދަލު ހޯދަން ދައުވާ ކުރަނީ

20 އެޕްރީލް 2021

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލްގައި ވިހެއި ސަލްމާ ނަސީރު މަރުވުމުގައި، އެ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ، ދައުވާ ކުރުމަށް އޭނާގެ ފިރިމީހާ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލްގައި ވިހެއި ސަލްމާ ނަސީރު މަރުވުމުގައި، އެ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ، ދައުވާ ކުރުމަށް އޭނާގެ ފިރިމީހާ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ސަލްމާ މަރުވީ، ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ ބޭރުވެގެންނެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގުކޮށް ބުނެފައިވަނީ، އެ ޒުވާނާގެ ގަޔަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށެވެ.

ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމްގެ ދެބެއިންގެ ދެ ދަރި ބޭބެ އަދި ގާނޫނީ ވަކީލު މުހުތާޒް މުހުސިން ވިދާޅުވިގޮތުގައި، ސަލްމާ މަރުވުމުގައި އޭޑީކޭގެ އިހުމާލު އޮތް ކަމަށް ބެލެވެ އެވެ. އެހެންވެ، އެ މައްސަލައިގައި ދައުވާ ކުރެވޭނެ ޖާގަ އޮތުމުން، ޖިނާއީ އަދި މަދަނީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ އެޑްވޮކަސީ ޗެމްބާސް ލޯފާމުންނެވެ. އެތަނުން ބުނިގޮތުގައި، މި ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ، ސިއްހީ ފަރުވާ ދޭ ހިދުމަތްތެރިންނާއި ފަރުވާ ދޭ ތަންތަނުގެ އިހުމާލުން ބަލި މީހުންނަށް ލިބޭ ގެއްލުންތައް މަދުކޮށް، އެތަންތަން ޒިންމާ ކުރުމުގެ ގޮތުން ކުރަން ޖެހޭނެ ކަމެކެވެ.

އެކަން ދިފާއުކޮށް، އޭޑީކޭއިން ނެރުނު ބަޔާނުގައި އިއްޔެ ބުނީ ސަލްމާ އެ ހޮސްޕިޓަލަށް ދިޔައީ އާއްމު ހާލަތުގައި ވިހެއުމަށް ދާ އެހެން މީހުންނެކޭ އެއްގޮތަކަށް ކަމަށާއި ވިހެއުމުގެ ކަންކަން ގޮސްފައިވަނީ ވެސް އެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށް ފަހު އާއްމުކޮށް ލޭ އަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަވުމުން ވަގުތުން ސިއްހީ ފަރުވާތައް ފަށާފައިވާ ކަމަށް ބުންޏެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް ވިދާޅުވީ، ސަލްމާގެ މަރުގެ ބަދަލުގައި އާއިލާއިން ފައިސާ ބޭނުމެއް ނޫން ކަމަށެވެ. އެކަމަކު، ފައިސާ ނަގަން ޖެހިއްޖެ ހާލަތެއްގައި، އެކަމުގެ އަގު ކަނޑައަޅައި އަދި އެ ފައިސާ، ބޭނުން ޖެހިފައިވާ ބަޔަކަށް ހަދިޔާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިއީ ސިއްހީ އިހުމާލުގެ މައްސަލައެއް ކަމުން، އެ މައްސަލަ ފުލުހުންނާއި މެޑިކަލް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލޭ އެޅުން ލަސްވެ ސަލްމާ މަރުވީ، އޭނާގެ ގަޔަށް ލޭ އެޅުމަށް މާކުރިން ޑޯނަރުން ހޯދާފައި ވަނިކޮށެވެ. ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމްގައި ސަލްމާ އަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ބުނެފައިވެ އެވެ.