05 އޯގަސްޓް 2022
ޅ. ނައިފަރުގައި ހާޓް އެޓޭކެއް ޖެހުނު މީހަކަށް އެ ރަށު ހޮސްޕިޓަލުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެ، އެ މީހާ މަރުވި މައްސަލައެއް ފެންމަތިވެ، އާއިލާ އިން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.
ޅ. ނައިފަރުގައި ހާޓް އެޓޭކެއް ޖެހުނު މީހަކަށް އެ ރަށު ހޮސްޕިޓަލުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެ، އެ މީހާ މަރުވި މައްސަލައެއް ފެންމަތިވެ، އާއިލާ އިން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.
މަރުވި މީހާގެ ކޮއްކޮއަކު މިއަދު ބުނީ، އޭނާގެ ބޭބެ އެ ރަށު ބަނދަރުމަތީގައި ހުއްޓާ ހާޓް އެޓޭކް ޖެހިގެން ވެއްޓުމުން ވަގުތުން އެމްބިއުލާންސަށް ގުޅިޔަސް، ފޯނަށް ޖަވާބު ނުދިނުމުން ބޭބެ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށެވެ. އަދި ޕިކަޕުން ބޭލުމަށް ފަހު، ބޭބެ އަރުވާނެ ސްޓްރެޗަރެއް ނުލިބިގެން ވެސް އެތައް އިރަކު ހޮސްޕިޓަލަށް ނުވެއްދި ތިބެން ޖެހުނު ކަމަށް ކޮއްކޮ ބުންޏެވެ.
"ސްޓްރެޗާއެއް ނުލިބުމުން، އާއިލާގެ މީހާ އާއި، ޕިކަޕުގައި ތިބި ދެ މީހުން އަދި ހޮސްޕިޓަލް ކައިރިން މަގުމަތިން ދިޔަ ބަންގްލަދޭޝް މީހެއްގެ އެހީތެރިކަމާ އެކު، އިމަޖެންސީ ރޫމުން އެނދެއް ހިއްލާލައިގެން ބޭރަށް ނެރި ޕިކަޕު ކައިރިއަށް އެނދު ގެންދިޔައީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ސްޓެޗަރު ހޯދަން އެދުމުން، އެ އަށް އޮތީ މުދާ އަރުވާފައި ކަމަށް ހޮސްޕިޓަލުގެ މުވައްޒަފަކު ބުންޏެވެ. އެހެންވެ، އެންމެ ފަހުން ބޭބެ ހޮސްޕިޓަލަށް ވެއްދީ، އިމަޖެންސީ ރޫމްގައި ހުރި އެނދެއް އުފުލައިގެން ގެންގޮސް، އެ އަށް އަރުވައިގެން ކަމަށާއި އޭރު ވެސް ހޮސްޕިޓަލްގެ މުވައްޒަފުންގެ މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލަށް އެ މީހާ ނުވެއްދިގެން 10 މިނެޓް ބޭރުގައި ތިބިއިރު، އެއްވެސް ފަރުވާއެއް ނުލިބޭ ކަމަށް ބުންޏެވެ.
އެމްބިއުލާންސެއް އޮވެމެ، ބަލި މީހާ އުފުލި އުޅަނދު
"10 ވަރަކަށް މިނެޓް ވަންދެން، ހޮސްޕިޓަލްގައި އެނދެއް ނުނެރެވިގެން ޕިކަޕު ތެރޭގައި އެއްވެސް ފަރުވާއެއް އަޅާލުމެއް ނުލިބި އޮތް،" އޭނާ ބުންޏެވެ.
ބަލިމީހާ ހޮސްޕިޓަލަށް ވެއްދުމުން ނަރުހަކު ގޮސް، އެ މީހާ އަށް ސީޕީއާރު ދޭން ފެށި ކަމަށާއި ފަހުން ޑޮކްޓަރަކު ދިޔަޔަސް، އެ މީހުން ފަރުވާ ދިނުމުގައި އަމަލުކުރީ ފަރުވާކުޑަ ގޮތަކަށް ކަމަށް ވެސް އޭނާގެ ކޮއްކޮ ބުންޏެވެ.
"ޑޮކްޓަރުންނާއި ނަރުހުން އުޅުނީ ވަރަށް ފަރުވާ ކުޑަކޮށް. ހަލުވި ކަމެއް އެއްވެސް ވަރަކަށް ނެތް. މިފަދަ އިމަޖެންސީ ހާލަތެއްގައި އެއްވެސް އަވަސް ކުރުމެއް ނެތް،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެމްބިއުލާންސަށް ގުޅި ވަގުތު އެމްބިއުލާންސްގެ ޑްރައިވަރު އޮތީ ނިދާފައި ކަމަށް ބެލެވެ އެވެ. އެމްބިއުލާންސްގެ ހިދުމަތް ލަސްކަމުގެ މައްސަލަ ނައިފަރުގެ ގިނަ ބަޔަކު ފާހަގަކުރާ ކަމަށް އޭނާ ބުންޏެވެ.
އާއިލާ އިން ބުނިގޮތުގައި އެ މައްސަލަ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ލިޔުމުންނާއި އަނގަބަހުން ވެސް ވާނީ ހުށަހަޅައިފަ އެވެ.
ނަމަވެސް ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ އެފަދަ އިހުމާލެއް އޮތްކަމުގެ ޝަކުވާއެއް އާއިލާއިން މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު މިއަދު މީޑިއާ އިން ފާހަގަވުމުން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހުމާލެއް އޮތްކަން ނިންމޭނީ އިންވެސްޓިގޭޓް ކޮށްފައި،" ޖައުފަރު ވިދާޅުވި އެވެ.
ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މީހުން މަރުވުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ރާއްޖޭގައި ފެންމަތިވެ އެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި މިހާތަނަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
އަޖައިބެއް، ރާއްޖޭގައި އިހުމާލު މަރެއް ނެތް؟
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
މިޝްކާގެ މަރު:ފަރުވާ ލަސްވި މައްސަލަ ބަލަން މަޖިލީހަށް