07 އޮކްޓޯބަރ 2024
ސާޖަރީ ނިމިގެން ވޯޑަށް ގެނައިރު އަބްދުﷲ އިބްރާހިމް ރޮނީ އެވެ. ލޮލުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެންނެވެ. އޭރު ލޮލުން ފައިބަނީ ކަރުނައާ އެކު ލެޔެވެ. އެ ހާލުގައި އޮވެ އޭނާއަށް ބުނެވުނީ މިލިއަނެއް ހަރަދުކުރަން ޖެހުނަސް، ދެން މި ހޮސްޕިޓަލުން ދުވަހަކު ވެސް ސާޖަރީއެއް ނުކުރާނެ ކަމަށެވެ. އަބްދުﷲގެ ކައިރީގައި ތިބި އޭނާގެ ހަތް ކުދިންނަށް، އަދި މިވީ ގޮތެއް ނޭނގެ އެވެ. އެކަމަކު ބައްޕަ ރޯތީ އެ ކުދިންނަށް ވެސް ރޮވުނެވެ. ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
ސާޖަރީ ނިމިގެން ވޯޑަށް ގެނައިރު އަބްދުﷲ އިބްރާހިމް ރޮނީ އެވެ. ލޮލުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެންނެވެ. އޭރު ލޮލުން ފައިބަނީ ކަރުނައާ އެކު ލެޔެވެ. އެ ހާލުގައި އޮވެ އޭނާއަށް ބުނެވުނީ މިލިއަނެއް ހަރަދުކުރަން ޖެހުނަސް، ދެން މި ހޮސްޕިޓަލުން ދުވަހަކު ވެސް ސާޖަރީއެއް ނުކުރާނެ ކަމަށެވެ. އަބްދުﷲގެ ކައިރީގައި ތިބި އޭނާގެ ހަތް ކުދިންނަށް، އަދި މިވީ ގޮތެއް ނޭނގެ އެވެ. އެކަމަކު ބައްޕަ ރޯތީ އެ ކުދިންނަށް ވެސް ރޮވުނެވެ. ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން، އުމުރުން 86 އަހަރުގެ އަބްދުﷲގެ ލޮލުގެ ކެޓަރެކްޓް ސާޖަރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހެދީ އޭނާގެ ކަނާތު ލޮލުގެ ފެނުން ފުސްވާތީ އެވެ.
އަބްދުﷲގެ ދަރިއަކު ބުނީ ބައްޕަގެ ކަނާތުގެ ލޮލުގެ ފެނުން ފުސްވެގެން އޭއީއެޗްއިން ފުރަތަމަ ދެއްކީ، މީގެ ހަތަރު ވަރަކަށް މަސް ކުރިން އެ ހޮސްޕިޓަލާ ގުޅުނު ލޮލުގެ ޑޮކްޓަރަކަށް ކަމަށާއި އެ ޑޮކްޓަރު ލަފާދިނީ ވީހާ ވެސް އަވަހަކަށް ކެޓަރެކްޓް ސާޖަރީ ހަދަން ކަމަށެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް ދައްކަން ދިޔައިރު ހުރީ އެހެން ޑޮކްޓަރެއް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ހޮސްޕިޓަލުން ދިން އިރުޝާދާ އެއްގޮތަށް އާއިލާއިން އެ ޑޮކްޓަރަށް ދައްކައި، ސާޖަރީއަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވި އެވެ. ސާޖަރީ ކުރީ ވެސް އާ ޑޮކްޓަރެވެ.
ކެޓަރެކްޓް ސާޖަރީއަކީ އާއްމު ގޮތެއްގައި 30 ވަރަކަށް މިނެޓުގެ ތެރޭގައިކޮށް ނިމޭ ކުޑަ ސާޖަރީއެކެވެ. މި ވާހަކަތައް ޑޮކްޓަރު ވެސް އާއިލާއަށް ކިޔައިދީފައިވެ އެވެ. އެކަމަކު، ސަޖާރީއަށް ފަހު އަބްދުﷲ ތިއޭޓަރުން ނެރުނީ ދެ ގަޑިއިރު ވެސް ވީ ފަހުންނެވެ.
ދެން ފެނުނީ ބައްޕަ ރޮމުން ދިޔައިރު ލޮލުން ލޭ ފައިބަމުން ދިޔަތަން."
"ހައިރާންވި. އަހަރެމެން ފެންނައިރަށް ބައްޕަ ފެށީ ރޯން އަދި އޮޕަރޭޝަން ނުކުރެވުނު ނަމައޭ ކިޔަން ފެށި. މިލިއަނެއް ހަރަދުކުރަން ޖެހުނަސް މި ހޮސްޕިޓަލަށް ސަޖާރީއެއް ކުރަން ދެން ނާންނާނަމޭ ބުނި. އަހަރެމެން ތިބީ ބުނާ އެއްޗެއް ވެސް ނޭނގި، ސުވާލު އުފެދިފައި،" އަބްދުﷲ ގެ ދަރިފުޅު ބުންޏެވެ.
"ދެން ފެނުނީ ބައްޕަ ރޮމުން ދިޔައިރު ލޮލުން ލޭ ފައިބަމުން ދިޔަތަން."
އޭނާ ބުނި ގޮތުގައި، ބައްޕަގެ ސާޖަރީގައި ކަންވީ ގޮތް ސާޖަރީން ނެރުނު ވަގުތު ޑޮކްޓަރު އާއިލާއަށް ކިޔައިނުދެ އެވެ. ޑޮކްޓަރާ ވާހަކަ ދައްކަން އާއިލާއިން ނަރުހުން ކައިރީގައި އެދުމުން ބުނީ ސަޖާރީ ނިންމައިފައި ޑޮކްޓަރު ގެއަށް ހިނގައްޖެ ކަމަށެވެ. ޑޮކްޓަރާ ބައްދަލުވީ ހޮސްޕިޓަލުގައި ތަކުރާރުކޮށް އެދިގެން، އޭގެ ގަޑިއެއްހާއިރު ވީ ފަހުންނެވެ.
"އަޅުގަނޑުމެންގެ އާއިލާގައި އެހެން ބައެއް މީހުން ވެސް ކެޓަރެކްޓް ސާޖަރީ ހެދި ކުރިން. އެކަމަކު ދުވަހަކު ވެސް ނުދެކެން ސާޖަރީ ނިމިގެން އެއިން މީހަކު ރޯ ތަނެއް، އަދި ލޮލުން ލޭ ފޭބި ތަނެއް ވެސް،" އޭނާ ބުންޏެވެ.
އަބްދުﷲގެ ދަރިފުޅު ބުނީ ބައްޕަގެ ސާޖަރީގައި މައްސަލަތަކެއް ދިމާވި ކަމަށް ޑޮކްޓަރު އެއްބަސްވި ކަމަށެވެ. ނަމަވެސް، ދިމާވި މައްސަލަތައް ތަފުސީލުކޮށް ކިޔައި ނުދިނުމުން، އާއިލާއިން އެދުނީ ހޮސްޕިޓަލުގެ މެނޭޖުމަންޓާ ބައްދަލުކުރަން ކަމަށް އޭނާ ބުންޏެވެ.
އެހެންވެ ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ޑޮކްޓަރުންގެ ޓީމެއް އާއިލާއާ ބައްދަލުކުރި އެވެ.
އެ ބައްދަލުވުމުގައި ސާޖަރީ ކުރި ޑޮކްޓަރު މާފަށް އެދުނު އަދި އެއްބަސްވި ސާޖަރީގައި މައްސަލަތަކެއް ޖެހުނު ކަމަށް ވެސް."
"އެ ބައްދަލުވުމުގައި ސާޖަރީ ކުރި ޑޮކްޓަރު މާފަށް އެދުނު އަދި އެއްބަސްވި ސާޖަރީގައި މައްސަލަތަކެއް ޖެހުނު ކަމަށް ވެސް. އެއީ ލޮލުގެ ކަޅިން ފުސް ކަހަން އުޅުމުގެ ތެރޭގައި ދިމާވި މައްސަލައެއް ކަމަށް ބުނީ. އެހެންވެ، ޕްރޮސީޖާ ހެދިއިރުގައި ލެންސް އިމްޕްލާންޓް ނުކުރަން ނިންމީއޭ. އެކަމަކު، ލޯ ރަނގަޅަށް ސާފުކޮށްފައޭ ވޫންޑް (ފާރުގަނޑު) ބަންދުކުރި ކަމަށް ބުނީ،" އޭނާ ބުންޏެވެ.
"އެ ވޫންޑް (ފާރުގަނޑު) ހީލް ވީމަ، އޭއީއެޗުން ލެންސް އިމްޕްލާންޓޭޝަން ހެދޭނެ ކަމަށް ވެސް ބުނި. މި މައްސަލަ ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދިން."
ނަމަވެސް، އަބްދުﷲ ގެ ވޭނަށް އެއްވެސް ލުޔެއް ނުލިބުނެވެ. އޭނާގެ ލޭ މައްޗަށް ދާން ފެށި އެވެ. ސާޖަރީގެ ދުވަސްކޮޅެއް ފަހުން ޑޮކްޓަރަށް އަލުން ދެއްކުމުން ލޮލުގެ ފާރުގަނޑު ރަނގަޅުވާން ފަށާފައިވާ ކަމަށް ބުނި އެވެ. އެކަމަކު، އޭނާގެ ލޮލުގެ ރިހުން ކުޑައެއް ނުވި އެވެ. އަބަދު އުޅެނީ ބޮލުގައި ރިއްސާތީ އެވެ. އެ ކަންކަމަށް ބޭސް ކެޔަސް، ތަދު ވެސް ކުޑައެއް ނުވެ އެވެ.
އާއިލާއިން އަނެއްކާވެސް ކަންބޮޑުވުންތައް ހޮސްޕިޓަލާ ހިއްސާކުރުމުން އެންގީ މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ދިއުމަށެވެ.
އެހެންވެ، އަބްދުﷲ މާލެ ގެނެސް އައިކެއާ ހޮސްޕިޓަލަށް ދެއްކި އެވެ.
އައިކެއާއިން ބުނީ ލޮލުގައި އިން ވޫންޑް އިނީ ރަނގަޅަށް ސްޓިޗްނުކޮށޭ ނޫނީ ސާފުނުކޮށޭ. އަދި ލޮލުގެ ކަޅި ޑިސްލޮކޭޓްވެފައި އިން ކަމަށް ވެސް ބުނި. އަދި އެ ވޫންޑުން ކުނޑި ކޮޅުކޮޅު ލޮލުގެ ތެރެއަށް ފެތުރިފައި ހުރި ކަމަށް ވެސް ބުނި،"
"އައިކެއާއިން ބުނީ ލޮލުގައި އިން ވޫންޑް އިނީ ރަނގަޅަށް ސްޓިޗްނުކޮށޭ ނޫނީ ސާފުނުކޮށޭ. އަދި ލޮލުގެ ކަޅި ޑިސްލޮކޭޓްވެފައި އިން ކަމަށް ވެސް ބުނި. އަދި އެ ވޫންޑުން ކުނޑި ކޮޅުކޮޅު ލޮލުގެ ތެރެއަށް ފެތުރިފައި ހުރި ކަމަށް ވެސް ބުނި،" އަބްދުﷲގެ ދަރިފުޅު ބުންޏެވެ.
ހޮސްޕިޓަލުން ބޮޑު އިހުމާލެއް ވެފައި އޮތް ކަމަށް ބުނެ އާއިލާގެ ވަރަށް ގިނަ ޝަކުވާތައް އެބަހުއްޓެވެ. އާއިލާއިން ވަނީ މި މައްސަލައިގެ ތަހުގީގެއް ހިންގައިދިނުމަށް ހޮސްޕިޓަލުގައި އެދިފަ އެވެ. ކަން ހިނގި ގޮތް އާއިލާއިން ރަނގަޅަށް ކިޔައިދިނުމަށާއި ހޮސްޕިޓަލުގެ އިހުމާލުތަކަށް ޒިންމާވުމަށް އާއިލާއިން ބޭނުންވެ އެވެ. އަދި ބައްޕަގެ އިތުރު ފަރުވާއަށް ބޭނުންވާ އެހީތެރިކަން ހަމަޖައްސައިދިނުމަށް ވެސް އާއިލާއިން ވަނީ އެދިފަ އެވެ.
އެކަމާ ގުޅިގެން ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން މިހާރު ބަލަމުން އަންނަ ކަމަށެވެ.
ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެއްޖެ
ކޮވިޑާ އެކު އައްޑު އަށް އެމްބިއުލާންސްގެ ދަތިކަން
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
އައްޑޫ ކެތުލެބުން ފަރުވާ ދެވޭނެ ގޮތެއް ނެތް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު
މީހެއްގެ ސައިނަސްގެ ތެރެއަށްދިޔަ ދަތުގެ ބައެއް ނަގައިފި
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކުރި ކުއްޖަކަށް
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި