Roadha Mihaaru
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު

17 މާޗް 2024

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމަށް ޑރ. އިބްރާހިމް ޔާސިރު އަހުމަދު ސަރުކާރުން ހަމަޖައްސައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމަށް ޑރ. އިބްރާހިމް ޔާސިރު އަހުމަދު ސަރުކާރުން ހަމަޖައްސައިފި އެވެ.

އޭއީއެޗް އިން ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާ ކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހެވެ.

ޑރ. ޔާސިރު ހާއްސަ ވެފައި ވަނީ އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ. އެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޔާސިރު މަސައްކަތް ކުރައްވާތާ 23 އަހަރު ވެފައި ވާއިރު، ބައެއް ހޮސްޕިޓަލްތައް ހިންގުމުގެ ދާއިރާގައި ވެސް އުޅުއްވި އެވެ.

ޑރ. ޔާސިރަކީ މިހާރު ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.