Roadha Mihaaru
އައްޑޫ ކެތުލެބުން ފަރުވާ ދެވޭނެ ގޮތެއް ނެތް

އައްޑޫ ކެތުލެބުން ފަރުވާ ދެވޭނެ ގޮތެއް އަދި ނެތް

08 މެއި 2024

ކެތު ލެބު ގާއިމްކޮށް ނިންމިއަސް، ހިދުމަތް ދެވޭނެ ގޮތެއް އަދި ނެތް ކަމަށް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެތު ލެބު ގާއިމްކޮށް ނިންމިއަސް، ހިދުމަތް ދެވޭނެ ގޮތެއް އަދި ނެތް ކަމަށް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ފުރިހަމަ ވަސީލަތްތަކާ އެކު ކެތު ލެބުގެ ސެޓަޕް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެކަމަށް ނަރުހުން ތަމްރީނުކޮށް، އެ ހިދުމަތްތައް ފެށުމަށް ވަރަށް އަވަހަށް ކާޑިއޮލޮޖިސްޓެއް ރާއްޖެ އަންނާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.

ނަމަވެސް، ކެތު ލެބުގައި ޕްރޮސީޖާތައް ހެދޭނީ އިންޓަވެންޝަނަލް ކާޑިއޮލޮޖީ ކިޔަވައިގެންނެވެ. އޭއީއެޗަށް ދާން ހަމަޖައްސާފައި ވަނީ ހިތުގެ ބަލީގެ އާއްމު ޑޮކްޓަރެކެވެ.

ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ އެވެ.

ޔާސިރު ވިދާޅުވި ގޮތުގައި އެންމެ ކާޑިއޮލޮޖިސްޓެއް ހުރެގެން މެދުނުކެނޑި އެ ފަރުވާތައް ވެސް ދެވޭނެ ގޮތްތައް ބަލަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފަރުވާތައް ފެށުމަށް އައިޖީއެމްއެޗާ ގުޅިގެން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގައި ގާއިމްކުރި ކެތުލެބު ހިންގަނީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކޮށްގެންނެވެ. ދިހަ އަހަރަށް ހެދި އެއްބަސްވުމުގެ މުއްދަތު ނޮވެމްބަރު 15، 2025 ގައި ހަމަވާނެ އެވެ.

"އަޅުގަނޑުމެންގެ އެކަށީގެންވާ މުވައްޒަފުންނެއް ނެތް އަދި ނެތް. އެހެންވެ، އެހެން ފަރާތްތަކާއެކު ވެސް މަޝްވަރާކުރަން އެބަ. ބޮޑަށް ހީވަނީ އައުޓްސޯސްކޮށްގެން ހެން ކެތުލެބު ހިންގާނީ." ޔާސިރު ވިދާޅުވި އެވެ.