Roadha Mihaaru
މީހެއްގެ ސައިނަސްގެ ތެރެއަށްދިޔަ ދަތުގެ ބައެއް ނަގައިފި

20 އަހަރު ކުރިން މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ ދަތުގެ ބައެއް އައްޑޫ ހޮސްޕިޓަލުން ނަގައިފި

11 އެޕްރީލް 2023

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ ދަތުގެ ބައެއް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއްޔެ ނަގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ ދަތުގެ ބައެއް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއްޔެ ނަގައިފި އެވެ.

އޮޕަރޭޝަން ކޮށްގެން ނެގި އެ އެތިކޮޅާ ގުޅޭ ގޮތުން އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ މާލޭގެ ހޮސްޕިޓަލަކުން ދަތެއް ނެގުމުގެ ތެރޭގައި މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ އެތިކޮޅެއް ކަމަށެވެ.

އޭއީއެޗުން ބުނީ، އެންޑޮސްކޯޕީ މެދުވެރިކޮށް ދަތުގެ އެތިކޮޅު ނެގީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަރުންމަތީގެ ހާއްސަ ޑޮކްޓަރުންގެ ޓީމުން ކަމަަށެވެ. އެއީ އެ ހޮސްޕިޓަލުގައި މި ކަހަލަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ބުންޏެވެ.

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިންސްގެ ތެރެއަށް ދިޔަ ދަތުގެ ބައި، އޮޕަރޭޝަން ކޮށްގެން ނަގައިފައި. -- ފޮޓޯ: އޭއީއެޗް

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިންސްގެ ތެރެއަށް ދިޔަ ދަތުގެ ބައި، އޮޕަރޭޝަން ކޮށްގެން ނަގައިފައި. -- ފޮޓޯ: އޭއީއެޗް

"ގާތްގަޑަކަށް ދޮޅުގަޑިއިރެއް ހާއިރުގެ މި ސާޖަރީ އަށް ފަހު ކާމިޔާބު ކަމާއެކު އޭއީއެޗްގެ އީއެންޓީ ސާޖަނުންނާއި ހޭނައްތާ ޑޮކްޓަރުން އަދި ނަރުހުންގެ ޓީމުން ވަނީ ދަތުގެ އެތިކޮޅު ނަގައިފަ އެވެ،" އޭއީއެޗްގެ ބަޔާނުގައިވެ އެވެ.

އައްޑޫ ހޮސްޕިޓަލުން ބުނިގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ސިއްހީ ބޮޑެތި ކުރިއެރުންތައް ހޯދައިފަ އެވެ.

ލެޕްރޮސްކޯޕިކް ކޮލެސިސްޓެކްޓޮމީ އާއި ހިސްޓެރެކްޓޮމީ އާއި ކަކުލުހުޅު ބަދަލުކުރުން ފަދަ ސާޖަރީތައް މިހާރު އޭއީއެޗުން ކާމިޔާބު ކަމާއެކު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.