Roadha Mihaaru
ފޭދޫގައި މީހެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖަހައިފި

އައްޑޫ ފޭދޫ ހެލްތު ސެންޓަރުގައި މީހެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖަހައިފި

03 ޖުލައި 2022

އައްޑޫ ފޭދޫ ހެލްތު ސެންޓަރުގައި ދިވެހި އަންހެނެއްގެ ގަޔަށް މިއަދު ނުބައި އިންޖެކްޝަނެއް ޖަހައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ފޭދޫ ހެލްތު ސެންޓަރުގައި ދިވެހި އަންހެނެއްގެ ގަޔަށް މިއަދު ނުބައި އިންޖެކްޝަނެއް ޖަހައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރި ޓުވީޓެއްގައި ބުނީ ފޭދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރު ޖަހަން އިރުޝާދު ދެއްވި އިންޖެކްޝަން ނޫން އެހެން އިންޖެކްޝަނެއް ބަލި މީހެއްގެ ގަޔަށް ޖަހާފައިވާ ކަމަށެވެ.

"އެއާ އެކު ބަލިމީހާގެ ހާލު ގާތުން ބެލުމަށް އޭއީއެޗް އަށް ގެނެސް އެނދުމަތި ކުރެވުނު،" އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ބަލި މީހާގެ ހާލު އަދި ރަނގަޅު ކަމަށެވެ.

އެ މައްސަލަ މިހާރު ރިވިއު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ މައުލޫމާތު ނާސިން ކައުންސިލަށް ވެސް މިހާރު ހިއްސާކޮށްފައިވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިފަދަ ބައެއް މައްސަލަތައް މީގެ ކުރިން ފެންމަތިވި، އިހުމާލުވި މީހުންނަށް ފިޔަވަޅު ވެސް އަޅާފައިވެ އެވެ.