Roadha Mihaaru
ކޮވިޑްގައި އައްޑޫން މި މަހުގެ ފަސްވަނަ މަރު

ކޮވިޑްގައި އައްޑޫން މި މަހުގެ ފަސްވަނަ މަރު

28 އޮކްޓޯބަރ 2021

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ރޭ މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ރޭ މަރުވެއްޖެ އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ، އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 2:30 ހާއިރު މަރުވީ ފޭދޫގެ 81 އަހަރުގެ އަންހެނެކެވެ. މިއީ މި މަހުގެ ތެރޭގައި ކޮވިޑްގައި އައްޑޫގައި މަރުވި ފަސް ވަނަ މީހާ އެވެ.

އެންމެ ފަހުން މި މަހުގެ ތެރޭގައި އައްޑޫން އެ ބަލީގައި މީހަކު މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ކޮވިޑްގައި އައްޑޫގައި މަރުވި މީހުންގެ އަދަދު މިހާރު އަށަކަށް އަރާފައިވާ އިރު، މީގެ ތެރެއިން އެކަކީ ފުވައްމުލަކު މީހެކެވެ.

މިހާރު މި ބަލީގައި މުޅި ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 243 އަށް އަރައިފަ އެވެ.