Roadha Mihaaru
ކޮވިޑްގައި އައްޑޫން 10 ވަނަ މަރު

ކޮވިޑްގައި އައްޑޫން 10 ވަނަ މަރު

05 ނޮވެމްބަރ 2021

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެނިކޮށް މެންދުރު 12 ޖަހާކަންހާއިރު މަރުވީ 87 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. މިއީ ކޮވިޑްގައި އައްޑޫން މަރުވި 10 ވަނަ މީހާ އެވެ.

ކޮވިޑްގައި އައްޑޫން މިދިޔަ މަހު ހަ މީހަކު މަރުވެފައިވެ އެވެ. އެންމެ ފަހުން މަރުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރުވިު 81 އަހަރުގެ އަންހެނެކެވެ.

އައްޑޫގައި ކޮވިޑަށް ފަރުވާ ދެނިކޮށް މަރުވި މީހުންގެ ތެރެއިން އެކަކީ ފުވައްމުލަކުން އައްޑު އަށް ގެނެސް ފަރުވާ ދެމުން ގެންދިޔަ މީހެކެވެ.

މިއަދުގެ މަރާ އެކު މުޅި ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު 245 އަށް އެރީ އެވެ.