05 ފެބުރުއަރީ 2022
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ބުރިވެ، އޭނާގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ބުރިވެ، އޭނާގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ހޮސްޕިޓަލުގެ އިހުމާލުން ބޮޑު ދައިތަގެ ހާލު ގޯސްވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ހާދިސާ ހިއްސާކުރި ކުއްޖާ ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު، އަންހެން މީހާ ސިޒޭރިއަން ހެދި ފަހުން އޮޕަރޭޝަން ކާމިޔާބު ކަމަށް، ޑޮކްޓަރުން ބުނި ނަމަވެސް އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ.
އޭނާ ބުނި ގޮތުގައި ސިޒޭރިއަން ހެދި ފަހުން ތިން ދުވަސްވީއިރު ވެސް ބޮޑުކަމުނުދެވި ނޭވާލާން އުނދަގޫވާ ކަމަށް ނަރުހުން ގާތު ބުނުމުން އެންގީ އެއީ ގޭސްޓްރިކްވެގެން ވާގޮތެއް ކަމަށެވެ.
"ތިން ދުވަސްވީއިރު ވެސް އެތަނަށް އޮޕަރޭޝަން ކުރި ޑޮކްޓަރު އައިސް ޕޭޝަންޓުގެ ހާލު ބަލައިފައެއް ނުވޭ،" އޭނާ ބުންޏެވެ.
އޮޕަރޭޝަންކުރިތާ ހަތަރު ވަނައަށްވީ ދުވަހު ފާހާނާގައި އުޅެނިކޮށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިގަނެގެން އާއިލާ މީހުން ގޮސް ނަރުހުންނަށް ގޮވައިގެން ގެނައި ކަމަށާއި އެ ދުވަހު ސީޓީ ސްކޭނެއް ހެދުމަށް ފަހު ބުނީ ގޮހޮރު ކައިރީ ބްލޮކެއްވެފައިވާ ކަމަށެވެ. އެކަމަކު ގޮހޮރު ސާފުކުރުމުން އޮޕަރޭޝަނަކަށް ދާން ނުޖެހޭނެ ކަމަށް ވެސް ނަރުހުން ބުނި ކަމަށްވެ އެވެ.
ނަރުހުން އެގޮތަށް އެންގި ނަމަވެސް އާއިލާ މީހުންނަށް ވެސް ނޭނގި، ބަލި މީހާ އައިސީޔޫއަށް ބަދަލުކުރި ކަމަށާއި އެވަގުތު ވެސް ހޮސްޕިޓަލުން ދިނީ ހުސް ދޮގު މައުލޫމާތު ކަމަށް އޭނާ ބުންޏެވެ. އަދި ބަލި މީހާ މާލެ ފޮނުވައިގެން އެދެމުން ބުނެފައި ވަނީ އޭނާ މާލެއަށް ނުފޮނުވޭނެ ކަމަށާއި އެއީ ނޭވާލާން އުނދަގޫ މީހަކު މަތިން ނުގެންދެވޭނެތީ ކަމަށް ވެސް ހޮސްޕިޓަލުން ބުނި ކަމަށް އޭނާގެ ޕޯސްޓުގައިވެ އެވެ.
"އައިސީޔޫއަށްލީ ތިން ވަނައަށްވީ ދުވަހު ދޫކުރީ ވޯޑަށް. އެމީހުން އެތނުގައި ކުރި ކަމެއްވެސް ނުބުނޭ. ވޯޑަށް ދޫކޮށްފައި ބުނީ އޭނާ ރަނގަޅު ކަމަށާއި އިތުރަށް ދެ ދުވަސް ބަލާފައި ގެއަށް ދޫކުރާނެ ކަމަށް. އެކަމަކު އާއިލާ މީހުން ބޭނުންވީ އެތަނުން ނިކުމެގެންދާން. އަދި އެ ދުވަހު މާލެއަށް ގެނައީ،" ފޭސްބުކް ޕޯސްޓުގައިވެ އެވެ.
އޭނާ ބުނީ މިދިޔަ ހޯމަ ދުވަހު އޭނާ މާލެ ގެނައި ގޮތަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ދެއްކި ކަމަށާއި އެތަނުން ބުނެފައި ވަނީ އިންފެކްޝަން އުފެދިފައިވާތީ ސާޖަރީއެއް ކުރަންޖެހޭ ކަމަށެވެ. އެ ސާޖަރީގެ ތެރެއިން އެނގުނީ އަންހެން މީހާގެ ގޮހޮރު ބުރި ނުވެ އިނީ ހަމަ ކިރިޔަ ކިރިޔާ ކަމެވެ. އޭނާގެ ބަނޑުގައި ދޮހާއި ފެން ހެދި މީހާ އޮތީ ވަރަށް ބޮޑަށް އިންފެކްޓްވެފަ އެވެ.
ހަ ގަޑިއިރުގެ ސާޖަރީއަކަށް ފަހު ބުނީ ބަލި މީހާގެ ގޮހޮރު ހުރީ ފެޅިފައޭ. އެހެންވެ އެތަނުން ލީކްވެފައި މުޅި ގައި އިންފެކްޓްވެ ފުއްޕާމޭގައި ވެސް ފެންހެދިފައިވާ ކަަމަށް. ގޮހޮރުން ބޮޑު ތަން ބުރިކޮށްފައި ހޮޅި ލައްވާފައި ހުރީ،" އޭނާ ބުންޏެވެ.
"މި ހުރިހާ ކަމެއްވީއިރު ވެސް އައްޑޫ ހޮސްޕިޓަލުން މިބުނީ ބަލި މީހާ ސްޓޭބަލްއޭ،" ކަންބޮޑުވުން ފާޅުކުރަމުން އޭނާ ކުރި ޕޯސްޓުގައިވެ އެވެ.
އެ ބަލި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ އޭޑީކޭގެ އައިސީޔޫގައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނާ ގޮތުގައި ސިޒޭރިއަން ހެދުމަށް ފަހު ފަހާފައި އިން ބަނޑުތެރޭ މަސްގަނޑު ވެސް އިނީ ކުނިވެފައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގެ ބަހެއް ނުލިބެ އެވެ. އެހެންވެ މި މައްސަލަ ބަލަމުން އަންނަ ކަމެއް ނުވަތަ ޑޮކްޓަރާ މެދު ފިޔަވަޅު އެޅި ކަމެއް ވެސް ސާފެއް ނުވެ އެވެ.
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު
މީހެއްގެ ސައިނަސްގެ ތެރެއަށްދިޔަ ދަތުގެ ބައެއް ނަގައިފި
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކުރި ކުއްޖަކަށް
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫ ހޮސްޕިޓަލަށް 29 ދިވެހި ޑޮކްޓަރުން ހޯދަނީ
އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ
އިކުއަޓޯރިއަލް ހޮސްޕިޓަލަށް 27 ޑޮކްޓަރުން ހޯދަނީ
ފޭދޫގައި މީހެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖަހައިފި