20 އޮކްޓޯބަރ 2017
ވޮޝިންޓަން (އޮކްޓޯބަރު 20) - އެމެރިކާގެ މިހާރު ސިޔާސީ ހާލަތާ މެދު ކުރީގެ ދެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު. ބުޝް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 20) - އެމެރިކާގެ މިހާރު ސިޔާސީ ހާލަތާ މެދު ކުރީގެ ދެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު. ބުޝް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވެ އޮބާމާ ވަނީ އެމެރިކާގައި މިހާރު އޮތް ސިޔާސީ ބައިބައިވުމާއި ބިރުވެރިކަމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ބުޝް ވަނީ އާއްމު ދިރިއުޅުމުގައި އޮތް ބޭއިންސާފާއި ބުލީކުރުމަށް ފާޑު ވިދާޅުވެފަ އެވެ.
ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ފާޑުވިދާޅުވުމަކީ އެމެރިކާގެ ކުރީގެ ރައީސުން ކުރައްވާ ކަމެއް ނޫނެވެ. ނަމަވެސް ރައީސް އޮބާމާ ވެރިކަމުން ފައިބާވަޑައިގަންނަވަމުން ވަނީ ޓްރަމްޕުގެ ސަރުކާރުން ގޯސްކޮށް ކުރާ ކަންތައްތަކުގެ ވާހަކަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ. އޮބާމާ އަދި ބުޝް ވެސް ފާޑުވިދާޅުވި ނަމަވެސް ޓްރަމްޕުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.
އޮބާމާގެ ބަހުގެ ހަމަލާތައް ސަރުކާރަށް އަމާޒުކުރެއްވި އިރު އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ސިއްހީ ނިޒާމް އުވާލައްވަން ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރުމާއި އީރާނުގެ ނިއުކްލިއާ އެއްބަސްވުމާއި ޕެރިހުގެ ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވާން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭން އިވެންޓެއްގައި ނިއު ޖާޒީގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ސިޔާސީ ބައިބައިވުމާ ދެކޮޅު ކަމުގެ މެސެޖް އެމެރިކާގެ ރައްޔިތުން ދުނިޔެ އަށް ދޭން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން ވެސް އޮބާމާ އާއި ބުޝް ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެފަ އެވެ.
މަންޑޭލާގެ ޖަލު ގޮޅިއެއްގެ ތަޅުދަނޑި ނީލަމަކަށް
ކުރީގެ ތިން ރައީސަކު ކޮވިޑް ވެކްސިން ޕްރޮމޯޝަނުގައި
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
އޮބާމާ އާއި ޓްރަމްޕްގެ މައްސަލަ ބެލި ގާޒީ ރާއްޖޭގައި
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު
އޮބާމާގެ އާ ފޮތް "އަ ޕްރޮމިސްޑް ލޭންޑް" ނެރެފި
ބުޝްގެ ފޮތެއް، ހިޖުރަކުރާ މީހުންގެ ވާހަކަ އަށް
މިޝެލް އޮބާމާ އަށް ގްރެމީ ނޮމިނޭޝަނެއް
ނަފުރަތު އުފައްދާ ލީޑަރުންނާ ދެކޮޅު ހަދަންޖެހޭ: އޮބާމާ