10 އޯގަސްޓް 2020
ވެރިކަން ނިމުނު ފަހުން ކުރެހުންތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތްކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ހިޖުރަކުރާ މީހުންނާ ގުޅޭ މައްސަލަތަކާ ބެހޭ ފޮތެއް ނެރުއްވަން ނިންމަވައިފި އެވެ.
ވެރިކަން ނިމުނު ފަހުން ކުރެހުންތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތްކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ހިޖުރަކުރާ މީހުންނާ ގުޅޭ މައްސަލަތަކާ ބެހޭ ފޮތެއް ނެރުއްވަން ނިންމަވައިފި އެވެ.
އެމެރިކާ އަށް ހިޖުރަކުރި 43 މީހެއްގެ ސޫރަ ދައްކުވައިދޭ ބުޝްގެ އަމިއްލަފުޅު ކުރުހުންތައް ހިމަނައިގެން އަންނަ އަހަރުގެ މާޗް މަހު ނެރުއްވަން ނިންމާފައިވާ ފޮތުގެ ނަމަކީ "އައުޓް އޮފް މެނީ، ވަން" އެވެ. މި ފޮތް ޕަބްލިޝްކުރަނީ ކްރައުން ޕަބްލިޝިން އިންނެވެ.
ފޮތާ ބެހޭ ގޮތުން އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ބުޝް ކުރައްސާފައިވާ ކުލަ ކުރެހުންތަކުން ދައްކުދައި ދޭނީ އެމެރިކާގެ ހިޖުރަވެރިންގެ ތާރީހު ކަމަށެވެ. އަދި ފޮތުގައި ހިމެނޭ ކޮންމެ ކުރެހުމަކީ ފާގަތި ދިރިއުޅުމެއް ހޯދަން އެމެރިކާ އަށް ހިޖުރަކޮށް އެ މީހުންގެ ފަރާތުން ގައުމަށް ވެސް ބޮޑެތި ފައިދާތަކެއް ލިބުނު މީސްމީހުން ކަމަށް ބުންޏެވެ.
Announcing “OUT OF MANY, ONE”
— George W. Bush Presidential Center (@TheBushCenter) August 6, 2020
“While I recognize that immigration can be an emotional issue, I reject the premise that it is a partisan issue. It is perhaps the most American of issues, and it should be one that unites us.” - President George W. Bushhttps://t.co/yThJFLYnP5
ކްރައުން އިން ބުނީ އިންސާނީވަންތަކަން ދައްކުވައިދޭ މިފަދަ މުހިއްމު ފޮތެއް އެތަނުގެ ތައްގަނޑުގައި ނެރެން ފުރުސަތު ލިބުން ވަރަށް ހާއްސަ ކަމަށާއި އެކަމަށްޓަކައި ބުޝް އަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.
"އައުޓް އޮފް މެނީ، ވަން" އާ ބެހޭ ގޮތުން ޖޯޖް ޑަބްލިއު ބުޝް ޕްރެޒިޑެންޝަލް ސެންޓަރުން ބުނީ ހިޖުރަކުރުމާއި ހިޖުރަވެރިންގެ ވާހަކަ އެމެރިކާއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދި އެއީ ބައިބައިވުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެއްބައިވަންތަކުރުވާ ކަމެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ބުންޏެވެ.
"އައުޓް އޮފް މެނީ، ވަން" ގައި ބުޝްގެ ކުރެންތެރިކަމުގެ ފަންނާ ބެހޭ ގޮތުން ވެސް ހާއްސަ ބާބެއް ހިމަނާފައިވެ އެވެ، ފޮތް އަންނަ އަހަރުގެ މާޗްގައި ނެރެން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
ބުޝްގެ ކުރެހުންތަކާ އެކު މިދިޔަ އަހަރު ވޮޝިންޓަންގެ ކެނެޑީ ސެންޓަރުގައި "ޕޯޓްރެއިޓްސް އޮފް ކަރޭޖް" ގެ ނަމުގައި އެގްޒިބިޝަނެއް ވެސް ބާއްވާފައިވެ އެވެ. އެއީ ހަމަ އެ ނަމުގައި 2017 ގައި ނެރުނު ކުރެހުންތައް ހިމެނޭ ފޮތަކާ އެކީގަ އެވެ. އެ ފޮތުގައި ހިމަނާފައި ވަނީ 2001 ގައި ނިއު ޔޯކްގެ ޓްވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދުނިޔެ ދޫކުރި ބަތަލުންގެ ހަނދާންތަކެވެ.
އުމުރުފުޅުން 74 އަހަރުގެ ބުޝް އަކީ އެމެރިކާގެ 43 ވަނަ ރައީސެވެ. ބުޝް ވެރިކަން ކުރެއްވީ 2001-2009 އަށެވެ.
އެތައް އަހަރަކަށްފަހު އެލެކްސާގެ އަޑުގެ ވެރިޔާ ހޯދައިފި
ލޮލީ ދަނޑިން 20 ފޫޓު ޓަވަރެއް ހަދައިގެން ރެކޯޑެއް
އާރޮން ގޮވައިގެން ދިވެހި ކުރެހުންތެރިޔާ އެމެރިކާ ކޯޓަށް
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
12 އަހަރުގެ އިލަސްޓްރޭޓަރަކަށް ނައިކީގެ ޑީލެއް
މަންޑޭލާގެ ޖަލު ގޮޅިއެއްގެ ތަޅުދަނޑި ނީލަމަކަށް
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
ދެބެއިންގެ ބޯކޮށުން ބޮޑު އާޓަކަށް
ސޯސް ޕެކެޓް ކަނޑަން ހާއްސަ ޑިވައިސްއެއް
ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް