06 ޑިސެމްބަރ 2020
ކޮވިޑް-19 އަށް ތައްޔާރުކޮށްފައިވާ ވެކްސިންތަކަށް އެމެރިކާގެ ފުޑް އެންޑް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދިނުމުން އެއީ ރައްކާތެރި އެއްޗެއްކަމުގެ ޔަގީންކަން ދިނުމަށް އެމެރިކާގެ ކުރީގެ ތިން ރައީސަކު އަމިއްލަ ގޮތުން ވެކްސިން ޕްރޮމޯޓްކުރައްވަން ނިންމަވައިފި އެވެ.
ކޮވިޑް-19 އަށް ތައްޔާރުކޮށްފައިވާ ވެކްސިންތަކަށް އެމެރިކާގެ ފުޑް އެންޑް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދިނުމުން އެއީ ރައްކާތެރި އެއްޗެއްކަމުގެ ޔަގީންކަން ދިނުމަށް އެމެރިކާގެ ކުރީގެ ތިން ރައީސަކު އަމިއްލަ ގޮތުން ވެކްސިން ޕްރޮމޯޓްކުރައްވަން ނިންމަވައިފި އެވެ.
ކުރީގެ އެ ތިން ތިން ރައީސުންނަކީ ބަރަކް އޮމާބާ އާއި އޭނާގެ ކުރިން ވެރިކަން ކުރެއްވި ޖޯޖް ޑަބްލިއުޝް ބުޝްގެ އަދި ބުޝްގެ ކުރިން ވެރިކަން ކުރެއްވި ބިލް ކްލިންޓަނެވެ.
އެފްޑީއޭގެ ހުއްދަ އަށް އެދިފައިވާ ވެކްސިންތަކުގެ ތެރޭގައި މޮޑާނާ އާއި ފައިޒާ ވެކްސިން ހިމެނެ އެވެ. މި ވެކްސިންތަކަށް މި ހަފުތާގެ ތެރޭގައި ހުއްދަ ދޭނެ ކަމަށް ބެލެވެ އެވެ.
ކުރީގެ ތިން ރައީސުން ވަނީ ވެކްސިންތަކަށް އާންމުންގެ އިތުބާރު ހޯދައި އޭގެ ރައްކާތެރިކަމާ ދޭތެރޭ އެއްވެސް ސުވާލެއް ނޯންނާނެކަން ހާމަކޮށް ދެއްވުމުގެ ގޮތުން އެ ބޭފުޅުން ލައިވް ކެމެރާ ކުރިމަތީގައި ވެކްސިން ޖަހާ މަންޒަރު ވެސް ގެނެސްދޭން ނިންމަވައިފަ އެވެ.
Statement on vaccines from The Carter Center: pic.twitter.com/GOYgpa9fdD
— The Carter Center (@CarterCenter) December 3, 2020
މިކަމުގެ ސަބަބުން ވެކްސިނަށް އާންމުންގެ އިތުބާރު ހޯދަން ކަމާ ބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ.
މިކަމާ ބެހޭ ގޮތުން ބުޝްގެ ޗީފް އޮފް ސްޓާފް ފްރެޑީ ފޯޑް ވިދާޅުވީ ވެކްސިން ޕްރޮމޯޓްކުރުމުގެ ކެމްޕޭނަށް އެހީވާން އެދިވަޑައިގެން ބުޝް ދާދި ފަހުން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒް (އެންއައިއޭއައިޑީ) ގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ އާއި ވައިޓް ހައުސްގެ ކޮރޯނާވައިރަސް ރެސްޕޮންޑް ކޯޑިނޭޓަރު ޑރ. ޑެބޯރާ ބާކްސް އަށް ވެސް ދަންނާފައިވާ ކަމަށެވެ.
"އެހެންވީމާ މިކަމުގައި ސީދާ ބުޝް އަމިއްލަ ގޮތުން މަސައްކަތް ކުރައްވައި ވެކްސިނަށް ހޭލުންތެރިކަން އުފައްދައި އެއަށް އިތުބާރު ހޯއްދަވަން މަސައްކަތްކޮށް ދެއްވާނެ." ފްރެޑީ ވިދާޅުވި އެވެ.
ކްލިންޓަންގެ ޕްރެސް ސެކްރެޓަރީ އެންޖެލް އުރެނާ ވެސް ވިދާޅުވީ ކްލިންޓަން ލައިވް ކެމެރާގައި ވެކްސިން ޖައްސަވާނެ ކަމަށެވެ.
"ވެކްސިނަށް ހުއްދަ ލިބި ދޭން ފެށިހާ އަވަހަކަށް ކްލިންޓަންގެ ބައިވެރިވުން ކެމްޕޭނަށް ދެއްވާނެ." އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިންތަކާ ބެހޭ ގޮތުން ޑރ. ފައުޗީ ދެއްވާ ދައްކަވާ ވާހަކަތައް ގަބޫލުކުރައްވާ ކަމަށެވެ.
"ވެކްސިނަކީ ރައްކާތެރި އެއްޗަކަށް ވާނެ ކަމަށް ފައުޗީ ވިދާޅުވާ ނަމަ އެކަމުގައި އަހަރެން ހަމަގައިމު ވެސް ސުވާލެއް ނުއުދައްފާނަން،" އޮބާމާ ވިދާޅުވި އެވެ. "އޭނާ އަކީ އަހަންނާ އެކު އެކު މަސައްކަތް ވެސް ކުރެއްވި ވަރަށް އިތުބާރު ކުރެވޭ ބޭފުޅެއް. އަހަރެން ހަމަ ޔަގީނުން ވެސް ކޮވިޑް ވެކްސިން ޖަހާނަން."
އޮބާމާ އާއި ބުޝް އާއި ކްލިންޓަންގެ އިތުރުން އެމެރިކާގެ 39 ވަނަ ރައިސް ޖިމީ ކާޓާ އާއި އޭނާގެ އަނބިކަނބަލުން ވެސް ވަނީ ކޮވިޑް-19 ގެ ވެކްސިންތަކަށް އެ ބޭފުޅުން ވެސް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ދަ ކާޓާ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭފުޅުން ތިއްބެވީ ވެކްސިނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވަން ތައްޔާރަށް ކަމަށެވެ.
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް
އެމެރިކާގެ ކުރީގެ ހުރިހާ ރައީސުން އެއް ސްޓޭޖަކަށް
މަންޑޭލާގެ ޖަލު ގޮޅިއެއްގެ ތަޅުދަނޑި ނީލަމަކަށް
ހުރިހާ ކޮރޯނާވައިރަހަކަށް އެއް ވެކްސިނެއްގެ އުންމީދު
އިންޑޮނީޝިއާގައި ކޮވިޑް ވެކްސިން ޖެހުމުން ކުކުޅެއް
"އައިސް ބަކެޓް ޗެލެންޖް" ދެވަނަ ބާނީ ވެސް މަރުވެއްޖެ
އެމެރިކާގެ ހާލަތާމެދު ކުރީގެ ދެ ރައީސުންގެ ކަންބޮޑުވުން
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި
ޖިމީ ކާޓަރު ފަރުވާ ހޯއްދަވާނީ އަމިއްލަ ގެކޮޅުގައި
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި