Roadha Mihaaru
"އައިސް ބަކެޓް ޗެލެންޖް" ދެވަނަ ބާނީ ވެސް މަރުވެއްޖެ

"އައިސް ބަކެޓް ޗެލެންޖް" ދެވަނަ ބާނީ ވެސް މަރުވެއްޖެ

24 ނޮވެމްބަރ 2020

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔަ ކެމްޕޭން "އައިސް ބަކެޓް ޗެލެންޖް" އެއް މޭސްތިރިޔާ ޕެޓްރިކް ކްއިން އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔަ ކެމްޕޭން "އައިސް ބަކެޓް ޗެލެންޖް" އެއް މޭސްތިރިޔާ ޕެޓްރިކް ކްއިން އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

ނިއު ޔޯކަށް އުފަން ޕެޓްރިކް އުމުރުން 37 އަހަރުގައި މަރުވީ 2013 އިން ފެށިގެން އެމިއޮޓްރޯފިކް ލޭޓަރަލް ސްކެލެރޯސިސް (އޭއެލްއެސް) އަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ. "އައިސް ބަކެޓް ޗެލެންޖް" އަކީ ވެސް އެ ބައްޔާ ދެކޮޅަށް ހޭލުންތެރިކަން އުފައްދަން ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.

ދި އޭއެލްއެސް އަށް ފަންޑް ހޯދަން ކުރިއަށް ގެންދިޔަ "އައިސް ބަކެޓް ޗެލެންޖް" ވެގެން ދިޔައީ މި ފަހުން އާންމުންގެ ތެރޭގައި އެންމެ ބޮޑަށް ވައިގައި ހިފި އެއް ޗެލެންޖަށެވެ. އަދި އޭގައި ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ބަޔަކު ބައިވެރިވެފައިވެ އެވެ.

ރިސާޗް މަސައްކަތްކަށް ފަންޑް ހޯދަން ކުރިއަށް ގެންދިޔަ އެ ޗެލެންޖުން 200 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. "އައިސް ބަކެޓް ޗެންލެޖް" އަކީ ބާލީދީއެއްގައި ހުންނަ އައިސްފެން ބޮލަށް އަޅަން ޖެހޭ ޗެލެންޖެކެވެ. އަދި އޭގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރަން ޖެހެ އެވެ.

އެ ޗެލެންޖްގައި ހިއްސާވި ނުފޫޒު ގަދަ މީހުންގެ ތެރޭގައި އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރެއް ގެއްލިވަޑައިގަތް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި މަޝްހޫރު ޓީވީ ޝަހުސިއްޔަތު އޯޕްރޭ ވިންފްރީ އާއި ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ހިމެނެ އެވެ.

"އައިސްބަކެޓް ޗެލެންޖް" އަކީ ޕެޓްރިކާއި ބޮސްޓަން ކޮލެޖް ބޭޒްބޯލް ކުޅުންތެރިޔާ ޕީޓް ފްރޭޓްސް 2014 ގައި ތައާރަފުކުރި ޗެލެންޖެކެވެ. ފްރޭޓްސް ވަނީ 34 އަހަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަރުވެފަ އެވެ.