Roadha Mihaaru
އެމެރިކާގެ ކުރީގެ ހުރިހާ ރައީސުން އެއް ސްޓޭޖަކަށް

ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ހުރިހާ ރައީސުން އެއް ސްޓޭޖަކަށް

22 އޮކްޓޯބަރ 2017

ޓެކްސަސް (އޮކްޓޯބަރު 22) - މި ވަގުތު ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ފަސް ރައީސުން އެއް ސްޓޭޖަކަށް އަރުއްވާ، މި އަހަރު އެ ގައުމަށް އެރި ތޫފާނުތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ބޭއްވި ކޮންސެޓެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓެކްސަސް (އޮކްޓޯބަރު 22) - މި ވަގުތު ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ފަސް ރައީސުން އެއް ސްޓޭޖަކަށް އަރުއްވާ، މި އަހަރު އެ ގައުމަށް އެރި ތޫފާނުތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ބޭއްވި ކޮންސެޓެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ޓެކްސަސްގައި ބޭއްވި އިވެންޓުގައި ބަރަކް އޮބާމާ، ޖޯޖް ޑަބްލިއު ބުޝް، ބިލް ކްލިންޓަން، ޖޯޖް އެޗްޑަބްލިއު. ބުޝް އަދި ޖިމީ ކާޓާ އެއް ސްޓޭޖަކަށް އެރުއްވީ "ދި ވަން އެމެރިކާ އެޕީލް" ކެމްޕޭނުގެ ދަށުންނެވެ. އެމެރިކާ އަށް މި އަހަރު އެރި ހަރިކޭން ހާވޭ އާއި އިރްމާ އަދި މާރިއާގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް މިހާތަނަށް ވަނީ 31 މިލިއަން ޑޮލަރު ހޯދައިފަ އެވެ.

ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ފަސް ރައީސުން ކަމަށްވާ (ވ-ކ) ޖިމީ ކާޓާ، ޖޯޖް އެޗްޑަބްލިއު. ބުޝް، ޖޯޖް ޑަބްލިއު ބުޝް، ބިލް ކްލިންޓަން އަދި ބަރަކް އޮބާމާ ހަރިކޭން ރިލީފް ކޮންސެޓުގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އޮގަސްޓް މަހު ޓެކްސަސް އެރި ތޫފާން ހާވޭގައި އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ. ތޫފާނުގައި ވަނީ ފްލޮރިޑާ، ޕުއެޓޯ ރިކޯ އަދި ޔޫއެސް ވާޖިން އައިލެންޑްސް އަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

"ކުރީގެ ހުރިހާ ރައީސުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މި އެދެނީ އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ތޫފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ދިނުމަށް،" ކުރިން ރެކޯޑްކޮށްފައިވާ މެސެޖެއްގައި އޮބާމާ ވިދާޅުވި އެވެ.

ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ފަސް ރައީސުން ކަމަށްވާ (ވ-ކ) ޖިމީ ކާޓާ، ޖޯޖް އެޗްޑަބްލިއު. ބުޝް، ޖޯޖް ޑަބްލިއު ބުޝް، ބަރަކް އޮބާމާ އަދި ބިލް ކްލިންޓަން ހަރިކޭން ރިލީފް ކޮންސެޓުގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކުރީގެ ފަސް ރައީސުން ވެސް ވަނީ ގައުމީ ސަލާމަށް ސްޓޭޖަށް އަރައިވަޑައިގެންފަ އެވެ. ނަމަވެސް ކުރީގެ ފަސް ރައީސުންނާ އެކު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައި ނުގަންނަވަ އެވެ. އެކަމަކު ޓްރަމްޕް ވަނީ ކޮންސެޓަށް މެސެޖެއް ފޮނުއްވައިފަ އެވެ.