19 އޮކްޓޯބަރ 2017
ތާލިބާނުން އޭނާގެ ބޮލަށް ބަޑިޖަހައި ޒަޚަމްކޮށްލިތާ ފަސް އަހަރު ފަހުން މަލާލާ ޔޫސުފްޒާއީ މިދިޔަ ހަފްތާގައި ވަނީ އޮކްސްފަޑް ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލްކުރަން ފަށައިފަ އެވެ. މިއީ، މިހާތަނަށް ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރި އެންމެ ހަގު ފަރާތް ކަމަށްވާ މަލާލާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހިސާބެވެ. އަންހެންކުދިންނަށް ތައުލީމް ދިނުމަށް ވަކާލާތުކުރަނިކޮށް ކުރިމަތިވި ހަމަލާގައި ކިރިޔާ ފުރާނަ ސަލާމަތްވި ޕާކިސްތާނުގެ ޒުވާނާ އަނެއްކާވެސް އެހެން އަންހެންކުދިންނަށް ނަމޫނާއަކަށްވީ އެވެ.
ތާލިބާނުން އޭނާގެ ބޮލަށް ބަޑިޖަހައި ޒަޚަމްކޮށްލިތާ ފަސް އަހަރު ފަހުން މަލާލާ ޔޫސުފްޒާއީ މިދިޔަ ހަފްތާގައި ވަނީ އޮކްސްފަޑް ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލްކުރަން ފަށައިފަ އެވެ. މިއީ، މިހާތަނަށް ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރި އެންމެ ހަގު ފަރާތް ކަމަށްވާ މަލާލާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހިސާބެވެ. އަންހެންކުދިންނަށް ތައުލީމް ދިނުމަށް ވަކާލާތުކުރަނިކޮށް ކުރިމަތިވި ހަމަލާގައި ކިރިޔާ ފުރާނަ ސަލާމަތްވި ޕާކިސްތާނުގެ ޒުވާނާ އަނެއްކާވެސް އެހެން އަންހެންކުދިންނަށް ނަމޫނާއަކަށްވީ އެވެ.
އެކަމަކު ސޯޝަލް މީޑިއާގައި ޕާކިސްތާނު މީހުންގެ ސަމާލުކަން ހުރީ މުޅިން އެހެން ކަމަކަށެވެ. މަލާލާ އޮކްސްފަޑްގައި ޖީންސް ލައި އުސް ބޫޓަކަށް އަރައިގެން އުޅުނު ކަމަށް ބުނެ ޝެއާކުރަމުންދާ ފޮޓޯއަކާ އެކު މަލާލާގެ ގައުމުގެ އެތައް ބަޔަކު އަންނަނީ އޭނާ އަށް ފުރައްސާރަކުރަމުންނެވެ.
އެ މީހުން ދެކޭގޮތުގައި މަލާލާ މިހާތަނަށް ލައި އުޅުނު ޕާކިސްތާނު ހެދުމުގެ ބަދަލުގައި ހުޅަނގުގެ ސްޓައިލަކަށް ހެދުން އެޅުމަކީ ބޮޑު މައްސަލައެކެވެ. އަދި ބައްޕައާ ނުލައި އޭނާ ގެއިން ބޭރުގައި އުޅުމަކީ ވެސް މައްސަލައެއް ކަމަށް ބުނެ ފާޑުކިޔަ އެވެ.
އެ ފޮޓޯ އިން ފެންނަނީ މަލާލާކަމެއް ކަށަވަރެއް ނުވެ އެވެ.
މަލާލާ ކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ
ޕާކިސްތާނުގެ ވެބްސައިޓެއްގެ ފޭސްބުކް ޕޭޖުގައި ޖެހި އެ ފޮޓޯއަކީ މަލާލާ އާދައިގެ ޒުވާން އަންހެނެއްގެ ގޮތުގައި ފެނުނު ފުރަތަމަ ފަހަރު ކަމަށާއި އޭނާ އަބަދުވެސް އުޅެނީ ބޮލުގައި ދޯޕައްޓާއެއް އަޅައިގެންކަން ފާހަގަކޮށް މީހަކު ތައުރީފުގެ ޓްވީޓެއް ކުރުމާ އެކު ގިނަ ބަޔަކު ފާޑުކިޔަން ފެށި އެވެ. ބައެއް މީހުން ވަނީ އޭނާއާ ދިމާއަށް ހުތުރު އެއްޗެހި ވެސް ގޮވާފަ އެވެ. އަދި މަލާލާ ދޯޕައްޓާ ބޮލުގައި އަޅައިގެން އުޅޭނީ ކިހާ ދުވަހެއް ވަންދެންތޯ ސުވާލު ވެސް ކުރި އެވެ.
އެކަމަކު މި ފުރައްސާރައާ ގުޅިގެން އެތައް ބަޔަކު ވަނީ މަލާލާ އަށް ތައުރީފްކޮށް ހިތްވަރު ވެސް ދީފަ އެވެ. އެ މީހުން ފާހަގަކުރި ގޮތުގައި އޭނާ އަޅާ ހެދުމަކީ އެހެން މީހުންނާ ބެހޭ ކަމެއް ނޫނެވެ. އެކަމާ ސުވާލުކޮށް ވާހަކަދެއްކުމުގެ ހައްގެއް އެހެން މީހުންނަށް ނޯންނާނެ ކަމަށާއި އަމިއްލަ ނަފްސަށް ތެދުވެރިވެ، ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭނެ ކަމަށް އެއް ބަޔަކު ބުންޏެވެ. އަދި އަންހެންކުއްޖަކު ބުރުގާ އަޅާތީ ނުވަތަ ނާޅާތީ ފާޑުކިޔަން ނުޖެހޭ ކަން އެކަކު ފާހަގަކުރި އެވެ.
އެހެން މީހަކު ބުނިގޮތުގައި މަލާލާގެ ގަޔަށް ތާލިބާނުން ބަޑި ޖެހީމާ ޕާކިސްތާނު މީހުން ކަންބޮޑުވި ވަރަށް ވުރެ މާ ބޮޑަށް އޭނާ ޖީންސް ލީމާ ކަންބޮޑުވެއްޖެ އެވެ.
"މަލާލާއަކީ ޕާކިސްތާނުގެ ހަގީގީ މުސްތަގްބަލް. މަލާލާއާ މެދު ފަޚުރުވެރިވަން،" އެކަކު ޓްވީޓްކުރި އެވެ.
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސްވާތު ވާދީގައި ބަހެއްގެ ތެރޭގައި ތާލިބާންގެ މީހަކު މަލާލާގެ ބޮލަށް ބަޑިޖެހީ އަންހެންކުދިންނަށް ވެސް ސްކޫލަށް ދެވެން ޖެހޭނެ ކަމަށް ބުނެ ވާހަކަދެއްކުމުންނެވެ. ފަރުވާ ހޯދަން އިނގިރޭސިވިލާތަށް ދިޔަ ގޮތަށް އޭނާ ވަނީ އާއިލާއާ އެކު އެ ގައުމަށް ބަދަލުވެފަ އެވެ. އޮކްސްފަޑަށް އެޕްލައިކުރުމުގެ ކުރިން އޭނާ ސްކޫލް ފުރިހަމަކުރީ ބަމިންހަމްގަ އެވެ.
ހަމަލާ އަށް ފަހު މަލާލާއަކީ އަންހެނުންގެ ހައްގުގައި ވަކާލާތުކުރާ އިސް ފަރާތެކެވެ. އަންހެންކުދިންނަށް ތައުލީމު ދިނުމުގެ މުހިއްމުކަން ފާހަގަކޮށް އދގައި ވެސް އޭނާ ވާހަކަދައްކާފައިވެ އެވެ.
އޭނާގެ އެ މަސައްކަތާއި ހިތްވަރު ފާހަގަކޮށް ނޮބެލް ސުލްހައިގެ އިނާމު ދީފައިވަނީ 2014ގަ އެވެ.
5 years ago, I was shot in an attempt to stop me from speaking out for girls' education. Today, I attend my first lectures at Oxford. pic.twitter.com/sXGnpU1KWQ
— Malala (@Malala) October 9, 2017
މަލާލާގެ ޓްވީޓް
އޮކްސްފަޑްގައި ފިލޯސޮފީ، ޕޮލިޓިކްސް އަދި އިކޮނޮމިކްސް ކިޔަވަން ފެށި ދުވަހު ކުރި ޓްވީޓެއްގައި މަލާލާ ވަނީ އަންހެންކުދިންނަށް ތައުލީމް ދިނުމަށް ތާއީދުކޮށް ވާހަކަދެއްކުމުން އޭނާގެ ބޮލަށް ބަޑިޖެހިތާ ފަސް އަހަރު ފަހުން އޭނާ އޮކްސްފަޑްގައި ކިޔަވަން ފެށިކަން ފާހަގަކޮށްފަ އެވެ.
"އައި އެމް މަލާލާ"ގެ ނަމުގައި ބަޔޮގްރަފީ ނެރެފައިވާ މަލާލާ އިއްޔެ ވަނީ އޭނާގެ ތަޖުރިބާތަކާ ބެހޭގޮތުން "މަލާލާސް މެޖިކް ޕެންސިލް"ގެ ނަމުގައި ކުޑަކުދިންގެ ވާހަކަ ފޮތެއް ވެސް ނެރެފަ އެވެ.
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި
ޕާކިސްތާންގެ ސުޕްރީމްކޯޓަށް އަލަށް އަންހެން ފަނޑިޔާރެއް
މަލާލާ ކައިވެނިކޮށްފި
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
މަލާލާ އާއި ގްރެޓާގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް
މަލާލާގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ސައޫދީ އަންހެނަކު 110 އަހަރުގައި ސްކޫލަށް
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ