27 ފެބުރުއަރީ 2020
ނަމޫނާ ޒުވާނުންގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ މަލާލާ ޔޫސަފްޒާއީ އާއި ގްރެޓާ ތަމްބާގް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބި ތައުރީފުކޮށްފި އެވެ.
ނަމޫނާ ޒުވާނުންގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ މަލާލާ ޔޫސަފްޒާއީ އާއި ގްރެޓާ ތަމްބާގް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބި ތައުރީފުކޮށްފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކޮށްގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސްވިޑްންގެ ގްރެޓާ، 17، އާ އެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގައި އަންގާރަ ދުވަހު ފުރަތަމަ ހިއްސާކުރީ މަލާލާ އެވެ. ގްރެޓާ ޓެގްކޮށް އެ ފޮޓޯއާ އެކު ކެޕްޝަނަކަށް ހަމައެކަނި އިނީ ގްރެޓާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފަހަތުގައި ހިތެއް އިނެވެ.
ފޮޓޯގައި ފެންނަނީ ލަކުނޑި ބެންޗެއްގައި ދެ މީހުން އިށީނގެދެން ފޮޓޯއަކަށް ހުއްޓިގެން ތިބޭ ތަނެވެ. އަދި މަލާލާ އެކު ނަގާފައިވާ އެހެން ފޮޓޯއެއް ގްރެޓާ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ އޭނާގެ ރޯލް މޮޑެލްއާ ބައްދަލުވެއްޖެ ކަމަށާއި އެކަމާ ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށެވެ.
މި ފޮޓޯތައް ނަގާފައި މަލާލާ ތައުލީމު ހާސިލުކުރަމުން އަންނަ އޮކްސްފޯޑް ޔުނިވަސިޓީގެ ބޭރުގަ އެވެ. ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކޮށްފައިވާ 22 އަހަރުގެ މަލާލާ އެތަނުގައި ކިޔަވަމުން އަންނަނީ ފިލޯސަފީ، ޕޮލިޓިކްސް އެންޑް އިކޮނޮމިކްސް އެވެ.
ޕާކިސްތާނަށް ނިސްބަތްވާ މަލާލާ އަކީ އަންހެން ކުދިންގެ ތައުލީމަށް އޭނާ ކުރަމުން ދިޔަ މަސައްކަތްތަކާ ގުޅިގެން ތާލިބާނުންގެ ބަޔަކު 2012 ގައި ދިން މަރުގެ ހަމަލާއަކުން ކިރިޔާ ފުރާނަ ސަލާމަތްވި ހިތްވަރު ގަދަ ޒުވާނެކެވެ. އޭނާގެ ބޮލަށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން ފަރުވާ އަށް އިނގިރޭސިވިލާތަށް ދިޔަ ގޮތަށް އާއިލާއާ އެކު ދިރިއުޅެނީ އެ ގައުމުގަ އެވެ.
މަލާލާ އަށް ނޯބެލް ސުހްލައިގެ އިނާމު ލިބުނީ އުމުރުން 17 އަހަރުގައި 2014 ގަ އެވެ.
އޭނާ ފަދައިން ގްރެޓާ އަކީ ވެސް މިދިޔަ އަހަރު ނޯބެލް އިނާމަށް ނޮމިނޭޓްވި ކުއްޖެކެވެ. އޭނާ އަށް އިނާމު ނުލިބުނަސް، މި އަހަރު އަނެއްކާ ވެސް އިނާމަށް އޭނާގެ ނަން ނޮމިނޭޓްކުރަން ސްވިޑްން އިން ވަނީ ނިންމައިފަ އެވެ.
ގްރެޓާ އާއި މަލާލާ އެކީގައި ފެންނަ ފޮޓޯ އަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ ނުފޫޒު ގަދަ ވަރުގަދަ ދެ ޝަހުސިއްޔަތު އެކީގައި ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ. އަދި ދުނިޔެ ބޭނުން ވަނީ މިފަދަ ޒުވާން ނަމޫނާ ކަނބަލުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ފޮޓޯ އަށް މިހާތަނަށް 400،000 ލައްކައާ ގާތްކުރާ އަދަދަކަށް ލައިކްސް ވެސް ލިބިފައިވެ އެވެ.
ގްރެޓާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރުމުގެ ކުރިން ވެސް މަލާލާ ވަނީ އޭނާ ކްލައިމެޓް ޗޭންޖާ ދެކޮޅަަށް ކުރަމުން އަންނަ މަސައްކަތްތައް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަލާލާ ބުނީ ގްރެޓާ ކަހަލަ ހިތްވަރު ގަދަ އަންހެނުން ކްލައިމެޓް ޗޭންޖާ ދެކޮޅަށް ނުކުމެ އަޑު އުފުލަކީ ލާމަސީލު މަސައްކަތެއް ކަމަށެވެ.
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
ކޮޕް26 ފަސްކުރަން ގްރެޓާ ތަންބާގް ގޮވާލައިފި
އަންހެން ކުދިންގެ ތައުލީމަށް ހެރީގެ 130،000 ޑޮލަރު
މަލާލާގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި
ކިޔަވަން ނެގި ލޯނުން ޕެޑް ހަދިޔާކޮށްފި
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
މަލާލާ ކައިވެނިކޮށްފި
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް
ސްޓާޓަޕަކަށް މޭގަން މާކަލް އިންވެސްޓްކޮށްފި