10 ޖެނުއަރީ 2020
ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ފިލްމު "ގުލް މަކާއީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ފިލްމު "ގުލް މަކާއީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އިންޑިއާ އިން ހަދާފައިވާ މި ފިލްމުގައި މަލާލާގެ ރޯލް ކުޅެފައި ވަނީ ޒީޓީވީން ދައްކާ ސިލްސިލާ "ތުޖްސެ ހެ ރާބްތާ" ގެ ބަތަލާ ރީމް ޝެއިހެވެ.
އަންހެން ކުދިންނަށް ތައުލީމު އުނގަންނައި ދިނުމަށް މަލާލާ ޕާކިސްތާނުގައި ފެށި މަސައްކަތްތަކާއި އެކަމާ ގުޅިގެން ތާލިބާނުންގެ ބަޔަކު އޭނާގެ ބޮލަށް ބަޑި ޖެހުމުން ދިރިއުޅުމަށް އައި ބަދަލު "ގުލް މަކާއީ" ގައި ދައްކުވައިދޭނެ އެވެ.
A story of a braveheart,
— Komal Nahta (@KomalNahta) January 9, 2020
An inspiration to millions,
Presenting a powerful story of Malala Yousafzai a.k.a. #GulMakai. Trailer out now: https://t.co/GrGBwEi6ZA
In cinemas from 31st January 2020@reem4you @divyadutta25 @atul_kulkarni @akhandirector @jayantilalgada @gulmakaifilm
އުމުރުން 22 އަހަރުގެ މަލާލާ އަށް 2012 ގައި ދިން ހަމަލާއާ ގުޅިގެން ފަރުވާ އަށް އިނގިރޭސިވިލާތަށް ދިޔަ ގޮތަށް އޭނާ މިހާރު އާއިލާއާ އެކު ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ. މަލާލާ އަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެންމެ ނުފޫޒު އަންހެނުންގެ ތެރެއިން އެކެކެވެ.
އޭނާގެ ވާހަކަ އަކީ އެތައް ބަޔަކު ނަމޫނާއަކަށް ބަލައި، ހިތްވަރު ހޯދާ ވާހަކައެކެވެ.
މަލާލާގެ ވާހަކަ ފީޗާ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެންނަ އިރު، "ގުލް މަކާއީ" ގެ ކާސްޓުންގެ ތެރޭގައި ދިވްޔާ ދައްތާ، އަތުލް ކުލްކަރްނީ، ޕަންޖަކް ތުރިޕަތީ، އާރިފް ޒަކަރިއްޔާ، މުކޭޝް ރިޝީ، ޝާރިބް ހާޝިމީ، އަބިމަންޔޫ ސިންގް، ކަމްލޭޝް ގިލް އަދި 2017 ގައި މަރުވި އެކްޓަރު އޯމް ޕޫރީ ވެސް ހިމެނެ އެވެ.
ބަސްވާތީ ޗަކްރަވަތީގެ ސްކްރީންޕްލޭއަކަށް ހިންދީ އާއި އުރުދޫ ބަހުން ހަދާފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 31 ގަ އެވެ.
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި
މަލާލާ އާއި ގްރެޓާގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް
ގުލް މަކާއީ؛ މަލާލާގެ ވާހަކަ ކިޔައިދޭ ފިލްމެއް
މަލާލާ ކައިވެނިކޮށްފި
ބްރިޓިޝް ފެޝަން އެމްބެސެޑަރަކަށް ޕްރިޔަންކާ
ޒޭން މާލިކްގެ ހިންދީ ލަވައެއް
ޖީންސް ލި ކަމަށް ބުނެ މަލާލާ އަށް ފުރައްސާރަ
ފަވާދު ހާން ދެން ކުޅެނީ ޝެފެއްގެ ރޯލު
ފަވާދު ހާން އެނބުރި ބޮލީވުޑަށް