ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދުން ފެށިގެން ހުއްދަ ކޮށްފި އެވެ.
31 އޯގަސްޓް 2025
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދުން ފެށިގެން ހުއްދަ ކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ސާކިއުލާއެއްގައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ހެދުން އެޅުމާ ގުޅޭ އުސޫލު ބަޔާން ކޮށްފައިވާ 129 މާއްދާ އިސްލާހުކޮށްފައި ކަމަށެވެ.
އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާ އޮންނަ ގޮތުން ހިދުމަތް ލިބިގަންނަން ދާ ބަޔަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ އެވެ. އަދި އެ ހިދުމަތްދޭ މުވައްޒަފު މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް އެ މާއްދާގައިވެ އެވެ.
ނަމަވެސް އެ މާއްދާ އަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭއިރު، މޫނުބުރުގާ އަޅައިގެން އުޅޭ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ވެ އެވެ.
އެ އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރުމަށް ޑީޖޭއޭ އިން ވަނީ އަންގައިފަ އެވެ.
މޫނު އަޅައިގެން ވަޒީފާއަށް ނިކުންނާތީ ސަރުކާރުގެ ބައެއް އިދާރާތަކުން މީގެ ކުރިން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައި ވެސް ވެ އެވެ. އަދި ޝަރުއީ ދާއިރާ އިން އަންހެނުންނަށް ވަޒީފާ ދިނުމުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހުރަހަކީ ވެސް މޫނުބުރުގާ އެޅުން މަނާކޮށްފައި އޮތުމެވެ.
ޑީޖޭއޭ އިން މިހާރު އަންނަނީ ޝަރުއީ ދާއިރާގެ ބައެއް އުސޫލުތައް ޒަމާނަށް ފެއްތުމަށްޓަކައި އިސްލާހުތައް ގެންނަމުންނެވެ.
މޫނު އަޅައިގެން ހުރި މީހަކާ މަގުމަތިން ފޮށިއްޖެ
ވިހެއުމުން ދޭ ޗުއްޓީ ޖުޑިޝަރީން ވެސް އިތުރުކުރަނީ
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
15 ކޯޓު ރޫމާ އެކު ބޮޑު ލުޔެއް ލިބޭނެ: ޑީޖޭއޭ
ކުށުގެ ރެކޯޑު ސާފުކުރުން އީފާސްގެ ދަށަށް ބަދަލުކުރަނީ
އަންހެނުންނަކީ ކޮބައިކަން ޔޫކޭގެ ކޯޓުން ކަނޑައަޅައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް އަމްޖަދު
ސާވާ މައްސަލަ ޖެހި،އޮންލައިން ޝަރީއަތްތައް ހުއްޓުމަކަށް
"މުސާރައިގެ ކުރިއެރުން ނުދެވެނީ ބަޖެޓް ނެތުމުން"
ދަރަންޏަކާ ހެދި އުކުޅަހު ގާޒީގެ މަގާމު ގެލިއްޖެ