Roadha Mihaaru
މޫނު އަޅައިގެން ހުރި މީހަކާ މަގުމަތިން ފޮށިއްޖެ

މޫނު ބުރުގާ އަޅައިގެން ހުރި މީހަކާ މަގުމަތިން ފޮށުނު މައްސަލައެއް!

07 ސެޕްޓެމްބަރ 2022

މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެނަކަށް މާލޭގެ މަޖީދީ މަގުން ރޭ ފޮށުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެނަކަށް މާލޭގެ މަޖީދީ މަގުން ރޭ ފޮށުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަން ކުރިމަތިވި ކަމަށް ބުނާ އަންހެން މީހާ، ރޭ 9:40 ހާއިރު ކުރި ޓްވީޓެއްގައި ބުނީ، މަޖިދީ މަގުން ލާފައި ގެއަށް ދަނިކޮށް ފިރިހެނަކު އޭނާއާ ފޮށިފައިވާ ކަމަށެވެ.

އެ މީހާ ވަނީ އެ އަންހެންމީހާގެ ކަންފަތް ކައިރީގައި "އޭ ނިންޖާ" އޭ ކިޔާ ހަޅޭއްލަވައިގެންފައި ކަމަށާއި ބުރުގާގައި ހިފައި ދަމައިގަތް ކަމަށް ވެސް އެ ޓްވީޓުގައި ބުންޏެވެ.

އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ މަގުމަތީގައި އަންހެނުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

ކުރިން ފޮށެނީ ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ އަންހެނުންނާ ކަމަށާއި މިހާރު މީހާ އެއްކޮށް ފޮރުވިގެން ހުއްޓަަސް ފޮށެމުން ދިއުމަކީ މުޖުތަމައުގައި ހައްދުފަހަނައަޅާފައިވާ މީހުން ގިނަވަމުންދާ ވަރު ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން އެބަދެ އެވެ.

އެ މައްސަލަ ފުލުހުން ބަލާ ކަމެއް އަދި ސާފެއް ނުވެ އެވެ.

މަގުމަތީގައި އަންހެނުންނާ ފޮށޭ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އެގޮތަށް ފޮށޭ ބައެއް މީހުން ސޯޝަލް މީޑިއާގައި ބޭޒާރުކޮށްފައި ވެސް އެބަހުއްޓެވެ.