ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަންކޮށްފި އެވެ.
25 ޖެނުއަރީ 2022
ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަންކޮށްފި އެވެ.
ލާހޯރު ހައި ކޯޓުގެ ފަނޑިޔާރަކަށް ހުރި އައިޝާ މަލިކް، އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އައްޔަންކުރީ އެކަމަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނޮމިނޭޓްކުރާ ނުވަ މެމްބަރުންގެ ކޮމިޝަންގައި ފަސް މެމްބަރުންގެ ވޯޓުން އޭނާގެ ނަން ފާސްކުރުމުންނެވެ. އޭނާއާ ދެކޮޅަށް ހަތަރު މެމްބަރުންގެ ވޯޓު ދެއްވި އެވެ. އެކަމަކު އޭނާގެ ނަމަށް އެ ގައުމުގެ ރައީސް އާރިފް އަލްވީ ވެސް ރުހުން ދެއްވި އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި 17 ފަނޑިޔާރުން ތިއްބަވާއިރު، މިހާތަނަށް އަންހެނަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކޮށްފައެއް ނުވެ އެވެ.
އައިޝާ އެ މަގާމަށް އައްޔަން ކުރުމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
މީގެކުރިން ވެސް އެ މަގާމަށް އައިޝާ އައްޔަން ކުރަން މަސައްކަތް ކުރި އެވެ. މިދިޔަ އަހަރު އޭނާ އެ މަގާމަށް އައްޔަން ކުރަން ފޮނުވުމުން ފަނޑިޔާރުން ނޮމިނޭޓްކުރާ ކޮމިޝަނުން އޭނާގެ ނަން ފާސްނުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި
އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރުމުން ސުޕްރީމް ކޯޓަށް
ޖީންސް ލި ކަމަށް ބުނެ މަލާލާ އަށް ފުރައްސާރަ
ދެ ފަނޑިޔާރުންގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް
އަންހެނުންނަކީ ކޮބައިކަން ޔޫކޭގެ ކޯޓުން ކަނޑައަޅައިފި
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކޮށްފި
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި