17 އޮކްޓޯބަރ 2017
ޖަލު ބަންދުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވީ، އާއިލާ އިން ދެކޭ ގޮތުގައި، ދައުލަތުގެ އިހުމާލުންނެވެ. އޭނާއާ އެކު ގޮޅީގައި ތިބި ގައިދީން ވެސް އާއްމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދިމުގެ ސަބަބުން އޭނާ މަރުވީ ގޮޅީގައި އެތައް ވޭނެއް ތަހައްމަލްކޮށްފަ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ މަރާ ގުޅޭ ގޮތުން އާއްމުވެފައި މިވަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެއަށް ވުރެ މި ތުހުމަތުތައް މާ ސީރިއަސް އެވެ.
ޖަލު ބަންދުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވީ، އާއިލާ އިން ދެކޭ ގޮތުގައި، ދައުލަތުގެ އިހުމާލުންނެވެ. އޭނާއާ އެކު ގޮޅީގައި ތިބި ގައިދީން ވެސް އާއްމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދިމުގެ ސަބަބުން އޭނާ މަރުވީ ގޮޅީގައި އެތައް ވޭނެއް ތަހައްމަލްކޮށްފަ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ މަރާ ގުޅޭ ގޮތުން އާއްމުވެފައި މިވަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެއަށް ވުރެ މި ތުހުމަތުތައް މާ ސީރިއަސް އެވެ.
އަބްދުﷲގެ މަރުގެ ކުރިން ވެސް ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބޮއްސުންލާފައި އޮތް ކަމުގެ ޝަކުވާ ދިޔައީ ކުރަމުންނެވެ. ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، އިންސާނީ ހައްގުތަކުގައި "ކަސްތޮޅު" އަޅުވަމުންދާ ކަމެވެ. މި ކަންބޮޑުވުން އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ޖަމާއަތްތަކުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ބުނޭ --
މީގެ ތެރެއިން ވެސް ޖަލުގައި ތިބޭ ގައިދީންނާ މެދު އިހުމާލުވަމުންދާ ކަމުގެ އަޑުތައް ގަދަ އެވެ. ޖަލުގައި ހުކުމް ތަންފީޒުކުރާ އާދައިގެ މީހާ އަށް އިއްވަން އުނދަގޫ މި އަޑުތައް ގަދަވީ، ސިޔާސީ ގިނަ ބަޔަކު ޖަލު ގޮޅީގައި ތިބެން ޖެހުމުން ކަމަށް ވެސް ވެދާނެ އެވެ. އެކަށީގެންވާ ބޯފެނާއި ކާބޯތަކެއްޗާއި ފާހާނާ ކުރާނެ ނިޒާމުގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އަޅާލުމެއް ނެތް ވާހަކަ އެވެ. މީހެއްގެ މަރުގެ އިލްޒާމް ދައުލަތުގެ ބޮލުގައި އަޅުވަމުން ދަނީ، މި މައްސަލަތަކުގައި ވެސް ފާޑުކިޔަމުން ދަނިކޮށެވެ.
މި ހިސާބުން ދެން ފަށަން ޖެހެނީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ވާހަކަ އެވެ. މީހެއްގެ މަރުގައި ދައުލަތުގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުކޮށް، އާއިލާއަކަށް ހިތްދަތިކަން ލިބިގެން އުޅޭ ކަން އެ ކޮމިޝަނަށް އެނގޭ ހެއްޔެވެ؟ މި މަރާ އެކު ރައްޔިތުން ހިތުގައި ޝައްކާއި ވަހުމް އުފެދުނު ކަން އެނގޭ ހެއްޔެވެ؟ މި މަރަށް ހަފުތާއެއް ވެގެން ދިޔައިރު ވެސް މައްސަލަ ބަލައި ހައްގުތައް ރައްކާތެރިކޮށްދޭން އެ ކޮމިޝަނުން އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. އާއިލާގެ ފަރާތުން އެއްވެސް މައުލޫމާތެއް، އިއްޔެ ނިޔަލަށް، ހޯދާފައެއް ނުވެ އެވެ.
އާ ކަމެއް ވެސް ނޫނެވެ؛ މިއީ އިންސާނީ ހައްގުތަކާ ގުޅޭ ހުރިހާ މައްސަލަތަކުގައި ވެސް އެ ކޮމިޝަނުގެ މިހާރުގެ ހާލަތެވެ. މި ގައުމުގައި އިންސާނީ ހައްގުތަކާ ގުޅޭ ކޮމިޝަނެއް އެބަ އޮތްހޭ ބައެއް މީހުން ސުވާލު ކުރަނީ ސަބަބުތަކެއް ހުރީމަ އެވެ. އަދި އެ ކޮމިޝަނުގެ ފަސް މެމްބަރުންނަކީ ކޮން ބައެއް ކަން ގިނަ ބަޔަކަށް ނޭނގިގެން ވެސް ހައިރާންވާކަށް ނުޖެހެ އެވެ. މެމްބަރުން އުޅެނީ އެހާ ވެސް ބޮޑަށް އާއްމުންނަށް ފިލައިގެންނޭ ބުނެވޭނެ ޖާގަ އެބަ އޮތެވެ.
- އައިމިނަތު އީނާސް (ރައީސް)
- މުހައްމަދު ޒާހިދު (ނައިބު ރައީސް)
- މޫސާ އަލީ ކަލޭފާނު
- ނައިވީން އަބްދުﷲ
- އައިޝަތު އަފްރީން މުހައްމަދު
އެޗްއާރުސީއެމުން ސަރުކާރުގެ ބައެއް އިދާރާތަކާ އެކު ބޭއްވި ބައްދަލުވުމެއް - ފޮޓޯ: އެޗްއާރުސީއެމް
- އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ އެއްގޮތަށް އިންސާނީ ހައްގުތައް ދަމަހައްޓައި ކުރިއެރުވުން.
- މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް ނުވަތަ އެ ހައްގު ނިގުޅައިގަތުމުގައި ބައިވެރިވެއްޖެ ކަމަށް ނުވަތަ އެހީތެރިވެއްޖެ ކަމަށް މައްސަލަ ހުށަހަޅައިފި ނަމަ ތަހުގީގުކޮށް ބެލުން. ކޮމިޝަނުގެ އަމިއްލަ އަށް އިސް ނަގައިގެން ވެސް މިފަދަ މައްސަލަތައް ބެލުމުގެ ބާރު ދީފައިވޭ.
- މައްސަލަ ބަލައި އިންސާނީ ހައްގުތައް ނިގުޅައިގަތުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ކަމެއްގައި އެއްވެސް އިހުމާލެއް ވާނަމަ، އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން.
- ރާއްޖޭގައި އަމަލުކުރާ އެއްވެސް އުސޫލަކީ އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ހައްގަކާ ޚިލާފު އުސޫލެއް ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުން.
- ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ނުވަތަ ލިބިދާނެ ކަމަށް މައްސަލަ ހުށަހަޅައިފި ނަމަ އެކަން ބަލައި މައްސަލަ ބަލާ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ފޮނުވުން.
- ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ އަމިއްލަ އިދާރާއަކުން ނަމަވެސް އިންސާނީ ހައްގުތަކާ ޚިލާފަށް ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި އެކަމާ ގުޅޭގޮތުން އަޅަން ފެންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާ ދިނުން.
- ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި އިދާރީ އުސޫލްތަކުގެ ތެރޭގައި އިންސާނީ ހައްގަކާ ޚިލާފަށް ކަންތައްތަކެއް ހުރި ނަމަ އެކަންކަން ސަރުކާރަށް ހުށަހެޅުން.
އަބްދުﷲގެ މަރާ ގުޅޭ ގޮތުން ސުވާލުކުރުމުން ވެސް ދިނީ، ފަސް މެމްބަރުންގެ ކޮމިޝަނުން މީޑިއާތަކަށް ހާއްސަކޮށް ލިޔެ، މީޑިއާ އޮފިޝަލް އަތަށް ދީފައި އޮންނަ ޖަވާބެވެ؛ "ތި މައްސަލަ ކޮމިޝަނުން މި އަންނަނީ ތަހުގީގު ކުރަމުން،"ނެވެ. މިއީ، އިންސާނީ ހައްގުތަކާ ގުޅުން ހުރި ބޮޑެތި އިހުމާލުގެ މައްސަލަތަކާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން މިހާތަނަށް އެ ކޮމިޝަނުން އާއްމުކުރާ މިންވަރެވެ. އެ ޖަވާބާ އެކު ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކޮށް "ނިމުނީ" އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންތަކެއް އެޗްއާރުސީއެމާ ބައްދަލު ކުރައްވަނީ. -
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެބަ ބަލަމޭ ބުންޏަސް، އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ އިންސާނީ ހައްގުތަކުން މަހްރޫމްކޮށް، ހައްގުތައް ނިގުޅައިގަނެފައިވާ ކަމުގެ އެތައް މައްސަލައެއް އެ ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު މިއިން އެއްވެސް މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވަތަ މައްސަލަ ހުށަހެޅި ފަރާތަށް ރައްކާތެރިކަން ލިބުނު ތަނެއް ނުފެނެ އެވެ. އެއީ އާއްމު ފަރުދުން ހުށަހެޅި މައްސަލަތަކާއި ސިޔާސީ މީހުންނަށް ނުހައްގުން އަނިޔާދޭ ކަމަށް ހުށަހެޅި މައްސަލަތަކަށް ބެލި ނަމަވެސް ހާލަތު އޮތް ގޮތެވެ.
ހަމަގައިމު ވެސް މީޑިއާތަކާއި ކޮމިޝަނުގެ ވެބްސައިޓުން އެ މައުލޫމާތު ފެންނާކަށް ނެތެވެ. މައްސަލައެއް ބަލައި އިންސާނީ ހައްގު ރައްކާތެރިކޮށްދީފައި ވާ ނަމަ، އެކަން ވެސް އެ އޮތީ ކޮމިޝަނުން ސިއްރެއްގެ ގޮތުގައި ބާއްވައިފަ އެވެ.
އެޗުއާރުސީއެމަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ މިނިވަން މުއައްސަސާ އެވެ. އެ މިނިވަންކަން އެއަށް ވުރެ ވަރުގަދަވީ އާ ގާނޫނުއަސާސީގައި އެ ކޮމިޝަންގެ ވާހަކަ އޮތުމުންނެވެ. މިހާރުގެ ސަރުކާރުގެ ބާރުގެ ދަށަށް ރައްޔިތުންގެ މަޖިލިސް ގޮސް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ކަނޑާލުމުގެ ކުރިން އެއީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މައި އިދާރާ އެވެ. އެކަމަކު ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެޗްއާރުސީއެމަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަން މިހާރު ވަނީ ނުކުޅެދިފަ އެވެ. ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު ކޮމިޝަނުގެ މެމްބަރުން މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.
އެޗްއާރުސީއެމްގެ ކުރީގެ މެމްބަރަކު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން ރައްޔިތުންނާ ގުޅުން ހުރި ހައްސާސީ މައްސަލަތަކުގައި އެޗްއާރުސީއެމް މިހާރު ފެންނަނީ މާ ބޮޑަށް "ހިމޭންކޮށް" އޮންނަ ތަން ކަމަށެވެ. ވަގުތުން ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގައި ވެސް ކޮމިޝަނުގެ ދައުރު ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިތަންމެ މުހިއްމު މައްސަލައަކަށް ވި ނަމަވެސް މައުލޫމާތު ފޯރުކޮށެއް ނުދޭ. މައްސަލަ ބެލުމުގައި ޕްރޯއެކްޓިވްއެއް ނޫން. މިއީ، ކޮމިޝަނާ މެދު އިތުރުބާރު ގެއްލެން ދިމާވާ އެއް ސަބަބު،" އޭނާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ބޮޑެތި މައްސަލަތަކުގައި އެކަން ހިނގާ ދަނޑިވަޅު އެޗްއާރުސީއެމުން ހަރަކާތްތެރިވުން ނުވަތަ މައުލޫމާތު އާއްމުކުރުން މުހިއްމެވެ. ބައެއް މައްސަލަތައް ހިނގާތާ އެތައް ދުވަހެއް ފަހުން "އެބަ ތަހުގީގުކުރަމޭ" ބުނުމަކީ ކޮމިޝަނާ ދޭތެރޭ ސުވާލު އުފައްދަން ޖާގަ ލިބޭނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިގޮތަށް އަމަލުތައް ބަހައްޓާތީ މީހުން އެ އަހަނީ، ކޮބާހޭ ޒިންމާ އަދާކުރެވޭހޭ،" ކުރީގެ މެމްބަރު ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވެއްޖެ ނަމަ އެފަދަ ކޮންމެ މައްސަލައެއް ވެސް އެޗްއާރުސީއެމުން ކުރިން ވަރަށް ވަރުގަދައަށް ތަހުގީގުކުރި އެވެ. އެކަމަކު، އަބްދުﷲ ރަޝީދުގެ މަރާ އެކު އެޗްއާރުސީއެމަށް ފާޑުކިޔާނެ ޖާގަ ލިބެނީ އެ މައްސަލާގައި ކޮމިޝަންގެ އަޑެއްބަޑެއް ނީވޭތީ އެވެ. މިހާރު ތިއްބެވި ފަސް މެމްބަރުންނާ އެކު އެޗުއާރުސީއެމް އޮތީ ގާނޫނީ ޒިންމާއިން ފިލައިގެން ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ.
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ
ހައްގުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލަން:އެޗްއާރުސީއެމް
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަނީ
ކޮވިޑް-19އާ ގުޅިގެން، ގިނަ މައްސަލަތަކެއް ބަލަނީ
އެޗްއާރުސީއެމްގެ ބަޔާނާ މެެދު ކަންބޮޑުވަން: ހޯމް މިނިސްޓްރީ
ޖަލު މުވައްޒަފުން އޮރިޔާން ކުރާތީ އެޗްއާރުސީއެމަށް
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް