12 އޮކްޓޯބަރ 2017
ބެންގަލޫރު (އޮކްޓޯބަރު 12) – ކޮލިފައިންގައި ބާކީ ދެ މެޗު އޮއްވާ އިންޑިއާ އިން އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވެއްޖެ އެވެ.
ބެންގަލޫރު (އޮކްޓޯބަރު 12) – ކޮލިފައިންގައި ބާކީ ދެ މެޗު އޮއްވާ އިންޑިއާ އިން އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވެއްޖެ އެވެ.
ދުނިޔޭގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް މިހާރު ބާއްވަމުން އަންނަ އިންޑިއާގެ ސީނިއާ ޓީމު އޭޝިއަން ކަޕަށް ކޮލިފައިވީ، އިއްޔެ މަކާއޫ އަތުން އަމިއްލަ ދަނޑުގައި 4-1 އިން މޮޅުވެ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު އިންޑިއާ އަށް ދަށްވެގެން ގްރޫޕުގެ ދެ ވަނަ ލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ.
އިންޑިއާ 12 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ކިރްގިސްތާނެވެ. ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން މިޔަންމާ އެވެ. މަކާއޫ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ބެންގަލޫރުގައި އިއްޔެ މަކާއޫ އަތުން 4-1 އިން މޮޅުވިއިރު ގޯލް ޖަހައިދިނީ ރޯލިން ބޯޖެސް އާއި ކެޕްޓަން ސުނިލް ޗެތުރީ އަދި ޖޭޖޭ ލަލްޕެކުލާ އެވެ. އަނެއް ގޯލަކީ މަކާއޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިއީ އިންޑިއާ އިން އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ ހަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 1964 ވަނަ އަހަރު ވާދަކޮށް ފައިނަލުގައި ކުޅުނުއިރު 1984 ވަނަ އަހަރު ފުރަތަމަ ބުރުން ކެޓީ އެވެ. އަދި އޭއެފްސީ ޗެލެންޖް ކަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން 2011 ވަނަ އަހަރުގެ މުބާރާތުގައި ވާދަކޮށްފަ އެވެ.
އޮސްޓްރޭލިއާ އަތުން ބަލިވީ އާދައިގެ ގޯސްތަކެއް ހެދިގެން
އިންޑިއާ ކަޓައި، ކޯޗު އިސްތިއުފާދީފި
ޗެތުރީ އިންޑިއާ މޮޅުކޮށްދީ މެސީ ފަހަތަށް ޖައްސާލައިފި
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
ގަދަފަދަ އިންޑިއާ ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް
އޭޝިއާގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި
އޭޝިއަން ކަޕް؛ ގަތަރާ ދެކޮޅަށް އުރުދުން އިތުބާރާއެކު
ރާއްޖޭގެ ޓީމަކާ ޖެހުނަސް އިންޑިއާގެ ކްލަބަކަށް ނުކުޅެވޭ
ކޮރެއާ ކަޓުވާލުމަށްފަހު އުރުދުން އަލަށް ފައިނަލަށް
"ވިނަކެއި" އުފާފާޅުކުރުމަށް އިރާގުގެ އައިމަނަށް ރަތެއް