Roadha Mihaaru
އޭޝިއާގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި

ތާރީހީ ފައިނަލުގައި އުރުދުން ބަލިކޮށް ގަތަރުން އޭޝިއާގެ ޗެމްޕިއަންކަން ދިފާއުކޮށްފި

11 ފެބުރުއަރީ 2024

ލުސައިލް (ފެބްރުއަރީ 11) – އުރުދުންގެ މައްޗަށް ތާރީހީ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި އެވެ.

ލުސައިލް (ފެބްރުއަރީ 11) – އުރުދުންގެ މައްޗަށް ތާރީހީ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި އެވެ.

އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ބޮޑު ފައިނަލަށް މުޅިން އަލަށް ދަތުރުކުރި އުރުދުންނާ ދެކޮޅަށް ގަތަރުން ޖެހި ލަނޑަކީ ވެސް އެ ޓީމުގެ އަކުރަމް އަފީފް ޖެހި ޕެނަލްޓީތަކުން ހެދި ހެޓްރިކެކެވެ. މިއީ އޭޝިއަން ކަޕްގެ ފައިނަލެއްގައި، އެއް ކުޅުންތެރިޔަކު ހުރިހާ ލަނޑެއް ޕެނަލްޓީން ކާމިޔާބުކޮށް ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހިމެނޭ ގޮތަށް 86،492 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އުރުދުން އަށް ޖެހުނު ހަމައެކަނި ލަނޑު ޖެހީ ޔަޒާން އަލް ނައިމަތު އެވެ.

ފައިނަލާ ހަމައަށް އުރުދުން ގެންގޮސްދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާ އެވެ.

ގަތަރުގެ ކުޅުންތެރިން އެ ޓީމުގެ އަކުރަމް އަފީފް މައްޗަށް އުފުލާލައިގެން އުފާފާޅު ކުރަނީ: އޭނާ ވަނީ ތިން ޕެނަލްޓީ ޖަހައިގެން ހެޓްރިކް ހަދާފަ

ގަތަރުގެ ކުޅުންތެރިން އެ ޓީމުގެ އަކުރަމް އަފީފް މައްޗަށް އުފުލާލައިގެން އުފާފާޅު ކުރަނީ: އޭނާ ވަނީ ތިން ޕެނަލްޓީ ޖަހައިގެން ހެޓްރިކް ހަދާފަ

މިދިޔަ އަހަރު ޗައިނާގައި ބާއްވަން އޮތް އޭޝިއަން ކަޕް ގަތަރަށް ބަދަލު ކުރީ ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން އެ ގައުމަށް މުބާރާތް ބޭއްވެން ނެތް ކަން އޭއެފްސީ އަށް އެންގުމުންނެވެ. އަހަރެއް ފަހުން މުބާރާތް ގަތަރަށް ބަދަލު ކުރީ ދޮޅު އަހަރު ކުރިން އެ ގައުމުގައި ވޯލްޑް ކަޕް ބާއްވާފައި ވުމުން އެ ވަސީލަތް އެ ގައުމުގައި ހުރުމުންނެވެ.

އެ ގައުމުގެ ލުސައިލް ސިޓީގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ގަތަރުން ފުރަތަމަ ލީޑް ނެގީ 22 ވަނަ މިނެޓްގަ އެވެ. ދެވަނަ ހާފުގައި ނައިމަތުގެ ލަނޑުން އުރުދުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު އޭގެ ފަސްވަރަކަށް މިނެޓް ފަހުން އަފީފް ގަތަރަށް އަނެއްކާ ވެސް ލީޑް ނަގައި ދިނެވެ.

ޔޫއޭއީގައި 2019 ގައި ބޭއްވި އޭޝިއަން ކަޕުގެ ފައިނަލުގައި ޖަޕާނުކޮޅަށް ވެސް ޕެނަލްޓީން ލަނޑު ޖެހި އަފީފް، އަށް ރޭ ގެ މެޗަށް ފަހު ގަތަރުގެ ކުޅުންތެރިން ވަނީ ހާއްސަ ޓްރިބިޔުޓެއް އަރުވައިފަ އެވެ. މެޗަށް ފަހު ގަތަރުގެ ކުޅުންތެރިން އޭނާ މައްޗަށް އުފުލާލައިގެން އުފާފާޅު ކުރި އެވެ.