Roadha Mihaaru
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ

ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ

23 ސެޕްޓެމްބަރ 2024

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވާން، ފީފާގެ ވަފުދެއް މި ހަފުތާގެ ތެރޭގައި ރާއްޖެ އަންނަން ހަމަޖެހިފައިވާކަމަށް، އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވާން، ފީފާގެ ވަފުދެއް މި ހަފުތާގެ ތެރޭގައި ރާއްޖެ އަންނަން ހަމަޖެހިފައިވާކަމަށް، އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމް ހިނގައިގަތުމަށް ބޭނުންވާ އެއްވެސް ޑޮކިޔުމެންޓެއް އެ އިދާރާގައި ނެތްކަން ހާމަކުރައްވަމުން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވީ އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތުގައި ނޯމަލައިޒޭޝަން ކޮމިޓީގެ ހިޔާލުތައް ވެސް ފީފާއިން ހުށަހަޅާފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ވީކެއްގެ ތެރޭ އަޅުގަނޑުމެންނަށް އެހީ ވުމަށް ފީފާގެ ޓީމުތައް ވެސް މިކޮޅަށް އެބަ އާދޭ. އެ ބައްދަލުވުންތަކުގައި ވެސް އަޅުގަނޑުމެންނަށް ހުރި ދަތިތަކާ މިކަމުން އަރައިގަތުމަށް މަގުތަށް ކޮށަމުންދާނަން،" ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމްގެ އެންމެ ފަހުގެ އެކްސްކޯގެ ދައުރުގައި، ވެލެންސިއާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޒުހޫރު ވިދާޅުވީ، ވެލެންސިއާ އަކީ އޭނާ ސަސްޕެންޝަނުގައި އޮންނަން ޖެހޭ ކްލަބެއް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އަދި ސަސްޕެންޝަން އުވާލުމުގެ މަސައްކަތުގައި ފީފާގެ ލަފާ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ލިޔުންތައް ފެންނާން ނެތް މައްސަލަ ޒުހޫރު ފާހަގަ ކުރި އެވެ. ވެލެންސިއާ ސަސްޕެންޑް ކުރުމަށް ރިއާޔަތް ކުރި ލިޔުންތައް ވެސް އެ އެސޯސިއޭޝަނުގައި ހުރި ކަމެއް ސާފެއް ނުވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީއަކީ އެފްއޭއެމްގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވާތީވެ ހަމަޔަކަށް އެޅުވުމަށް ފީފާ އިން އައްޔަންކޮށްފައިވާ ކޮމިޓީއެކެވެ. އެ ކޮމިޓީގެ މެންޑޭޓަކީ އެފްއޭއެމުން ގެއްލިފައިވާ ފައިސާ ހޯދުމާއި، އިންތިހާބެއް ބާއްވައި އާއްމު ހާލަތަކަށް ގެނައުމެވެ. އެކަންކުރުމަށް އަހަރެއްހާ ދުވަސް ފީފާ އިން ވަނީ ދީފަ އެވެ.