14 ޖެނުއަރީ 2024
އައްރައްޔާން (ޖެނުއަރީ 14) - މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން ބަލިވީ ދެވަނަ ހާފުގައި ހެދުނު ގޯސްތަކަކުން ކަމަށް، އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.
އައްރައްޔާން (ޖެނުއަރީ 14) - މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން ބަލިވީ ދެވަނަ ހާފުގައި ހެދުނު ގޯސްތަކަކުން ކަމަށް، އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.
މެޗުން ބަލިވިއަސް އިންޑިއާ އިން ވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެފަ އެވެ. ކޯޗު ބުނީ އޮސްޓްރޭލިއާއާ ކުޅެން އުނދަގޫ ވާނެކަން އެނގޭ ކަމަށާއި، ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް، ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ ހިފަހައްޓާލެވުމުން އުފާވާ ކަމަށެވެ.
އޮސްޓްރޭލިއާ މެޗުގައި ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޖެކްސަން އާވައިން ޖަހައިދިން ގޯލުންނެވެ. ދެވަނަ ގޯލު 73 ވަނަ މިނިޓުގައި ޖަހައިދިނީ ޖޯޑަން ބޮސް އެވެ.
"އަހަރެމެންނަށް ގެއްލުންވީ ކޯނަރުތަކުން. ޖުމްލަގޮތެއްގައި ވަރަށް ރަނގަޅު. ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހޭ، ދެ ގޯލު ވެސް ވަނީ އަހަރެމެންނަށް ހެދުނު އާދައިގެ ގޯސްތަކަކުން. ކޯޗެއްގޮތުގައި އަހަރެން އުފާވެސް ވޭ، އެއީ ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ ހިފަހައްޓާލެވުނު،" މެޗަށް ފަހު ސްޓިމަކް ބުންޏެވެ.
"ދެވަނަ ހާފު ވަރަށް ދަށް ހަގީގަތުގަ. ދެ ޕާސް ހަމައަށް ޖަހާލަން އުނދަގޫވި. ފެނުނީ އޮސްޓްރޭލިއާ ކުޅުންތެރިންގެ ތަޖުރިބާ. އަހަރެމެން ދެން ފޯކަސް އޮތީ ކުރިއަށް އޮތް ދެ މެޗަށް."
މި މެޗަށް އިންސާފް ކުރީ ޖަޕާނުގެ ރެފްރީ ޔޮޝިމީ ޔަމަޝިތާ އެވެ. އޭނާ ވެފައި ވަނީ އޭޝިއަން ކަޕްގެ މެޗެއްގައި އިންސާފް ކުރި ފުރަތަމަ އަންހެން ރެފްރީއަށެވެ.
އިންޑިއާ އާއި އޮސްޓްރޭލިއާ ހިމެނެނީ ސީރިއާ އާއި އުޒްބަކިސްތާނާ އެކު ގުރޫޕް ބީގަ އެވެ. އުޒްބަކިސްތާނާއި ސީރިއާ ރޭ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
އޭޝިއަން ކަޕްގައި މުޅިން އަލަށް ވާދަކުރާ ތަޖިކިސްތާން ވަނީ ރޭ ޗައިނާއާ ވާދަކޮށް 0-0 އިން އެއްވަރުކޯށް މުބާރާތް ފަށަން ޕޮއިންޓެއް ހޯދައިފަ އެވެ.
ގުރޫޕް އޭގެ މި މެޗުގައި ޗައިނާއަށް ވުރެ ރަނގަޅަށް ކުޅުނީ ވެސް ތަޖިކިސްތާނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ޗައިނާ އިން ވަނީ ބޯޅަ ގޯލަށް ފޮނުވާލައިގެން ވަރަށް ބޮޑަށް އުފާފާޅު ވެސް ކޮށްފަ އެވެ.
ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ބަލައި އެއީ ގޯލެއް ނޫން ކަމަށް ނިންމައި މުޅި ޗައިނާ މާޔޫސް ކޮށްލައިފަ އެވެ.
މި ގުރޫޕްގެ ފުރަތަމަ މެޗަކީ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މުބާރާތް ބާއްވާ ގައުމު ގަތަރުން ވަނީ އެ މެޗުގައި 3-0 ގެ ނަތީޖާއަކުން ލެބަނާން ބަލިކޮށްފަ އެވެ.
އަމިއްލަ ގައުމުގައި ނުކުޅެވުނު ދެ ޓީމަށް ޕޮއިންޓެއް
އިންޑިއާ ކަޓައި، ކޯޗު އިސްތިއުފާދީފި
ޗެތުރީ އިންޑިއާ މޮޅުކޮށްދީ މެސީ ފަހަތަށް ޖައްސާލައިފި
ބާކީ ދެ މެޗު އޮއްވާ އިންޑިއާ އޭޝިއަން ކަޕަށް
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
ގަދަފަދަ އިންޑިއާ ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް
އޭޝިއާގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި
އޭޝިއަން ކަޕް؛ ގަތަރާ ދެކޮޅަށް އުރުދުން އިތުބާރާއެކު
ރާއްޖޭގެ ޓީމަކާ ޖެހުނަސް އިންޑިއާގެ ކްލަބަކަށް ނުކުޅެވޭ
ކޮރެއާ ކަޓުވާލުމަށްފަހު އުރުދުން އަލަށް ފައިނަލަށް