11 އޮކްޓޯބަރ 2017
ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ކުރާ ރޭޕްގެ ތުހުމަތުތަކާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ވަރުގަދަވެ އޭނާގެ އަމިއްލަ ކުންފުނިން އޭނާ ބޭރުކޮށްލައިފި އެވެ.
ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ކުރާ ރޭޕްގެ ތުހުމަތުތަކާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ވަރުގަދަވެ އޭނާގެ އަމިއްލަ ކުންފުނިން އޭނާ ބޭރުކޮށްލައިފި އެވެ.
ކޮއްކޮ ބޮބް ވައިންސްޓީންއާ އެކު ދަ ވައިންސްޓީން ކޮމްޕެނީ އުފެއްދި ހާވީ ވައިންސްޓީންގެ މައްޗަށް މި ތުހުމަތުތައް އެންމެ ފުރަތަމަ ފެންމަތިކުރީ ދަ ނިއު ޔޯކް ޓައިމްސް އިންނެވެ. މި މަހު 5ގައި ޝާއިއުކުރި ރިޕޯޓެއްގައި އެ ނޫހުން ބުނިގޮތުގައި ވައިންސްޓީންގެ ޝިކާރައަކަށް އެތަކެއް އަންހެނުން ވެފައިވާ އިރު އޭގެ ތެރެއިން އަށް މީހަކަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ކޯޓުން ބޭރުގައި އޭނާ ދީފައިވެ އެވެ.
ހޮލީވުޑަށް އެޅި ބޮޑު ބޮމެއްގެ ގޮތުގައި އައި އެ ރިޕޯޓުގައި ވައިންސްޓީންގެ މައްޗަށް ތުހުމަތުތައް ކޮށްފައިވާ ގިނަ މީހުންނަކީ އޭނާގެ ޕްރޮޑަކްޝަން ކުންފުނިތަކުގައި މަސައްކަތްކޮށްފައިވާ ޒުވާނުން މުވައްޒަފުންނެވެ. އެކަމަކު ތަޖުރިބާކާރު އެކްޓްރެސް އޭޝްލީ ޖަޑް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ޖަޑް ކިޔައިދީފައިވަނީ މީގެ ވިއްސަކަށް އަހަރު ކުރީގެ ހާދިސާއެކެވެ.
ހާވީ ވައިންސްޓީން (ވ) އެކްޓްރެސް ޖެނިފާ ލޯރެންސްއާ އެކު
ވައިންސްޓީންގެ މައްޗަށް ކުރާ ތުހުމަތުތައް އެތަކެއް އަހަރު ދުވަހަށް ދެމިގެންދާ އިރު 2014 އާއި 2015ގައި ހިނގައިފައިވާ ކަންކަން ވެސް ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ. އެއާއެކު، ވައިންސްޓީން ސިފަވެފައި ވަނީ ފިލްމީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާން އަންހެނުންގެ ނާޖާއިޒު ފައިދާ ނަގާ މީހެއްގެ ގޮތުގަ އާއި އޭނާގެ އެދުންތަކަށް ފުރަގަސްދިން ކޮންމެ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ މީހެއްގެ ގޮތުގަ އެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓާ ގުޅިގެން ހޮލީވުޑަށް އައި ބޮޑު ލޮޅުމުގައި އިންޑަސްޓްރީގެ މީހުން އޭނާ އަށް ފާޑުކިޔަން ފެށި އެވެ. އޭގައި ހުރި ވާހަކަތައް ވައިންސްޓީން ވަނީ ދޮގުކޮށްފަ އެވެ.
އެކަމަކު "ދަ ނިއު ޔޯކާ" މެގަޒިނުން އިއްޔެ ޝާއިއުކުރި ތަހުގީގީ ރިޕޯޓެއްގައި އަނެއްކާވެސް އިތުރު ކަންތައްތަކެއް ފެންމަތިކުރި އެވެ. އޭގެ ތެރޭގައި، ވައިންސްޓީން ރޭޕްކުރި ކަމަށް ބުނާ ތިން އަންހެނެއްގެ ވާހަކަ ވެސް ހިމެނެ އެވެ. އަދި އިތުރު ބަޔަކު ވަނީ ވައިންސްޓީން އެ މީހުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށް ބުނެފަ އެވެ. ނިއު ޔޯކާ އިން ވަނީ 1990 އާއި 2015އާ ދެމެދު ވައިންސްޓީންގެ ޝިކާރައަކަށް ވެފައިވާ 13 އަންހެނެއްގެ ވާހަކަ ގެނެސްދީފަ އެވެ. އޭގެ ތެރެ އިން ބައެއް މީހުންނަކީ ވައިންސްޓީން ބަދަލުދިން ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކުރި އަށް އަންހެނުންގެ ތެރެއިން ބައެކެވެ.
ހާވީ ވައިންސްޓީން (ވ) މެރީލް ސްޓްރީޕްއާ އެކު
މޮޑެލްއަކަށް ޖިންސީ ގޯނާކުރި އިއުތިރާފްވެ ވައިންސްޓީން ވާހަކަދައްކާ އަޑު އިވޭ ރެކޯޑިންއެއް ވެސް ނިއު ޔޯކާ އިން ވަނީ އާއްމުކޮށްފަ އެވެ. އެއީ 2015ގައި ނިއު ޔޯކްގެ ފުލުހުން ރެކޯޑްކޮށްފައިވާ އޯޑިއޯ އެކެވެ.
ނިއު ޔޯކާގެ ރިޕޯޓަށް މާ ގިނަ އިރުތަކެއް ނުވަނީސް ނިއު ޔޯކް ޓައިމްސް އިން އަނެއްކާވެސް އިތުރު ތުހުމަތުތަކެއް ފެންމަތިކުރި އެވެ. މި ފަހަރު، ހޮލީވުޑްގެ އެންމެ ފުންނާބުއުސް ތަރިންގެ ތެރޭގައި ހިމެނޭ އެންޖެލީނާ ޖޯލީ އާއި ގްވެނިތު ޕަލްޓްރޯ ވެސް ވަނީ ވައިންސްޓީން އެ މީހުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އޮސްކާ އެވޯޑް ހޯދާފައިވާ އެ ދެ އެކްޓަރުން ކިޔައިދީފައި ވަނީ އެ މީހުންގެ ކެރިއަރުގެ ކުރީކޮޅު ދިމާވި ކަންތައްތަކެކެވެ.
ޖޯލީ ބުނިގޮތުގައި އޭނާގެ ފިލްމު "ޕްލޭއިން ބައި ހާޓް" ރިލީޒްކުރި އިރު ވައިންސްޓީންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުމާ ގުޅިގެން ދެން ދުވަހަކު ވެސް އޭނާއާ އެކު މަސައްކަތް ނުކުރާން ނިންމައި އޭނާ އައީ އެހެން މީހުންނަށް ވައިންސްޓީންއާ މެދު ސަމާލުވާން އިންޒާރުދެމުންނެވެ.
ފެޝަން ޑިޒައިނަރު ޖޯޖީނާ ޗެޕްމަންއާ ކައިވެނިކޮށްގެން އުޅޭ އަދި ފަސް ކުދިން ތިބި ވައިންސްޓީންގެ ފަރާތުން ނެރުނު ބަޔާނެއްގައި ތުހުމަތުތައް ދޮގުކުރަމުން ބުނެފައި ވަނީ އެއްވެސް މީހެއްގެ ނުރުހުމުގައި ވައިންސްޓީން ޖިންސީ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. ނިއު ޔޯކް ޓައިމްސްގެ ފުރަތަމަ ރިޕޯޓާ މެދު ވަރަށް ބޮޑަށް ރުޅި އައިސް، އެ ނޫސް ގޮވައިގެން ކޯޓަށް ގޮސް ބަދަލު ހޯދާނެ ކަމަށް ބުނެ އޭނާ މީޑިއާއާ ވާހަކަދެއްކި އިރު ވެސް ފުރައްސާރައިގެ ތުހުމަތުތައް ދޮގުކުރި އެވެ. އެކަމަކު އޭނާއަކީ އުޅުމާއި މިޒާޖު ރަނގަޅު މީހެއް ނޫން ކަން ގަބޫލުކުރާ ކަމަށާއި އެ ކަންކަމުން އަރައިގަނެ އިސްލާހުވާން މަސައްކަތްކުރަމުން އަންނަ ކަމަށް ވައިންސްޓީން ބުންޏެވެ.
ހާވީ ވައިންސްޓީން (ވ) އަންހެނުން ޖޯޖީނާ ޗެޕްމަންއާ އެކު
ނިއު ޔޯކާގެ ރިޕޯޓުގައި ބުނާގޮތުގައި ވައިންސްޓީން އޭނާގެ ކޮއްކޮއާ އެކު މިރަމެކްސް ކުންފުނި އުފައްދައިގެން އެ ތަނުގައި މަސައްކަތްކުރި ދުވަސްވަރުގަ އާއި ފަހުން ވައިންސްޓީން ކޮމްޕެނީގައި ވެސް ޖިންސީ ފުރައްސާރަކުރަމުން ގެންދިޔަކަން އެ ކުންފުނީގެ އެހާރާއި މިހާރުގެ 16 ވެރިއަކަށާއި އެސިސްޓެންޓުންނަށް އެނގެ އެވެ.
ނިއު ޔޯކް ޓައިމްސްގެ ތުހުމަތުތަކާ ގުޅިގެން ކުރިމަތިވި "ތޫފާނު"ގައި ވައިންސްޓީން އިން އާދީއްތަދުވަހު ވަނީ އެ ކުންފުނީގެ އެއް ބާނީ ކުންފުނިން ބޭރުކޮށްލައިފަ އެވެ.
އޭގެ ފަހުން ހޮލީވުޑްގެ ފުންނާބުއުސް ގިނަ މީހުން ވެސް އަންނަނީ ވައިންސްޓީންގެ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ. އޭގެ ތެރޭގައި މެރިލް ސްޓްރީޕް، ލީނާ ޑަނަމް، ޖޯޖް ކްލޫނީ، ޖެނިފާ ލޯރެންސް އަދި ބެން އެފްލެކް ހިމެނެ އެވެ.
ހާވީ ވައިންސްޓީން (ކ) ޖޯޖް ކްލޫނީއާ އެކު
އޭގެ އިތުރުން، ސިޔާސީ ބައެއް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުންނަށް ވައިންސްޓީން ދީފައިވާ ފައިސާ ޚައިރާތަށް ހަދިޔާކުރައްވަމުންނެވެ. އޭގެ ތެރޭގައި ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ އާއި މެސެޗޫސެޓްސްގެ ސެނެޓަރު އެލިޒަބަތު ވޮރެން ހިމެނިވަޑައިގަންނަވަ އެވެ.
އަދި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އިއްޔެ ވަނީ ބަޔާނެއް ނެރުއްވައި، ވައިންސްޓީންއާ ދެކޮޅަށް ތެދުވި އަންހެނުންނަށް ތައުރީފްކުރައްވައިފަ އެވެ. ވައިންސްޓީންއަކީ ހިލަރީގެ ކެމްޕެއިންގައި އޭނާއާ ވަރަށް ގާތްކޮށް އުޅުނު ބޮޑު ސަޕޯޓަރެކެވެ. ހިލަރީ ވިދާޅުވީ ވައިންސްޓީންއާ ބެހޭގޮތުން ފެންމަތިވެފައިވާ ކަންތައްތަކާ މެދު ހައިރާންވެވަޑައިގަންވާ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.
ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ
ޖަލުގައި އޮތް ވައިންސްޓީންގެ ފިލްމަކީ "ޝީ ސެޑް"
އެކްޓަރު ޑެނީގެ މައްޗަށް ރޭޕްގެ ތިން ދައުވާއެއް
"ސުޕަމޭން" ދެއްކި ވާހަކައަކުން މާފަށް އެދެން ޖެހިއްޖެ
ހާވީ ވައިންސްޓީނަށް ރޭޕްގެ ދައުވާކޮށްފި
ވައިންސްޓީންއާ އެކު ބެން އެފްލެކްގެ ދުވަސް ވެސް ދަނީ؟
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޑިޑީ އަށް މުޑުދާރު އެތައް އަމަލެއްގެ ތުހުމަތު
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ