26 މެއި 2018
އެތައް އަންހެނުންނެއް ރޭޕްކޮށް، ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާ އިއްޔެ އުފުލައިފި އެވެ.
އެތައް އަންހެނުންނެއް ރޭޕްކޮށް، ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާ އިއްޔެ އުފުލައިފި އެވެ.
އުމުރުން 66 އަހަރުގެ ޕްރޮޑިއުސަރުގެ މައްޗަށް މި ދައުވާތައް އުފުލީ އިއްޔެ އޭނާ އަމިއްލަ އަށް ނިޔު ޔޯކް ޕޮލިސް ޑިޕާޓްމަންޓަށް ހާޒިރުވުމުން، ބަޔާން ނެގުމަށް ފަހު، ބިޑި އަޅުވައިގެން މެންހަޓަން ކްރިމިނަލް ކޯޓަށް ފުލުހުން ހާވީ ވައިންސްޓީީން ހާޒިރު ކުރުމުންނެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބަޔާން އިއްވަމުން ޕްރޮސެކިއުޓާ ޖޮއާން އިލޫޒީ ވިދާޅުވީ ހާވީގެ މައްޗަށް ދައުވާ ކުރަނީ ދެ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ކަމަށެވެ. އެއީ ދެ ހާދިސާ ހިނގާފައި ވަނީ 2013 އާއި 2004 ގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވައިންސްޓީން ވަނީ ފައިސާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދެ އަންހެނަކު ރޭޕްކޮށް، އެ މީހުންގެ ކެރިއަރު ހަލާކުކޮށްލައިފަ އެވެ.
އެއީ ކުރީގެ ދެ ބަތަލާ އިން ކަމަށްވާ ލޫޝިއާ އިވެންސް އާއި "ނާސް 3ޑީ" ފަދަ ފިލްމްތައް ކުޅެފައިވާ ޕަޒް ޑަ ހޭޑާ އެވެ.
އެކަމަކު މި ދައުވާތައް ވައިންސްޓީންގެ މައްޗަށް އުފުލި އިރު، އޭނާ އިނީ ވަރަށް ހަމަހިމޭނުންނެވެ. ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
We got you, Harvey Weinstein, we got you
— rose mcgowan (@rosemcgowan) May 25, 2018
ރޯޒްގެ ޓްވީޓެއް.
ހާވީގެ މައްސަލަގަނޑު ފަޅާ އެރިތާ ހަތް ވަރަކަށް މަސް ފަހުން އޭނާގެ މައްޗަށް ފުރަތަމަ ފަހަރަށް ދައުވާ އުފުލި އިރު، ކޯޓުން އިއްޔެ ވަނީ 1 މިލިއަން ޑޮލަރުގެ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލައިފަ އެވެ. އެކަމަކު ޕާސްޕޯޓް ވެސް ހިފައްޓައި އޭނާ ދޫކޮށްލީ ޝަރުތުތަކެއްކޮށްފަ އެވެ.
އެއީ ކޯޓްގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ނިއު ޔޯކާއި ކަނެކްޓިކަޓް ނޫން ތަނަކަށް ދަތުރު ނުކުރުމާއި ޖީޕީއެސް މޮނިޓަރިން ޑިވައިސް ވެސް ބޭނުން ކުރުމެވެ.
އިއްޔެ އޮތް ޝަރީއަތުގެ އަޑު އެހުމަށް ފަހު، ވައިންސްޓީންގެ ވަކީލު ބެން ބްރަފްމަން މީޑިއާތަކަށް ވިދާޅުވީ އޭނާގެ މުވައްކިލްގެ މައްޗަށް އުފުލީ އެއްވެސް އަސްލެއް ނެތް ދައުވާތަކެއް ކަމަށެވެ. އެހެންވެ ވަރަށް އަވަހަށް މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ވައިންސްޓީން ކޯޓަށް ހާޒިރު ކުރަނީ.
ވައިންސްޓީންގެ މައްޗަށް ހޮލީވުޑްގެ އޭ ލިސްޓް ވަރަށް ގިނަ ބަތަލާއިންތަކެއް ވެސް ވަނީ ރޭޕާއި ޖިންސީ ފުރައްސާރައިގެ ތުހުމަރުކޮށްގަ އެވެ. އޭގެ ތެރޭގައި އެންޖެލީނާ ޖޮލީ، މެރީލް ސްޓްރީޕް، ޖެނިފާ ލޮރެންސް، ކޭޓް ބެކިންސޭލް، ރޯޒް މެކްގޮވަން، ގްވެނެތު ޕަލްޓްރޯ، ކާރާ ޑެލެވިން އަދި އޭޝްލީ ޖުޑް ފަދަ ތަރިން ހިމެނެ އެވެ.
މި މީސްމީހުންގެ ވާހަކަތައް ފެންމަތިވުމާ އެކު ޖިންސީ ގޯނާތަކާ ދެކޮޅަށް ވަނީ "މީ ޓޫ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ.
ޖަލުގައި އޮތް ވައިންސްޓީންގެ ފިލްމަކީ "ޝީ ސެޑް"
އެކްޓަރު ޑެނީގެ މައްޗަށް ރޭޕްގެ ތިން ދައުވާއެއް
"ސުޕަމޭން" ދެއްކި ވާހަކައަކުން މާފަށް އެދެން ޖެހިއްޖެ
ހޮލީވުޑްގެ ނުފޫޒުގަދަ ހާވީ ވައިންސްޓީންގެ ކުއްލި ވެއްޓުން
ޑިޑީ އަށް މުޑުދާރު އެތައް އަމަލެއްގެ ތުހުމަތު
ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ
ޓްރަމްޕުގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި
ސްޕޭސީ 31 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރުގައި ހުރުމުން ޝަރީއަތް ނުބޭއްވުނު