30 ސެޕްޓެމްބަރ 2017
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 305 މިލިއަން ރުފިޔާ ހޯދަން ނިންމައިިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 305 މިލިއަން ރުފިޔާ ހޯދަން ނިންމައިިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ހިއްސާ ވިއްކުމުގެ ފުރުސަތު އަލުން ހުޅުވާލީ މިރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ މިފަހަރު ހިއްސާ ވިއްކަނީ ހަމައެކަނި އެ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާދާރަކު ފުރުސަތު ދީފިނަމަ އެހެން މީހަކަށް ވެސް އެ ހިއްސާ ގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަންކުރާ މަގުސަދަކީ ކުންފުނިން ޗައިނާގައި ހޮލެންޑް ކުންފުންޏެއް މެެދުވެރިކޮށް ޑްރެޖަރަށް ބަނދެފައި. އެ ޑްރެޖަރު އަންނަ އޮކްޓޯބަރު މަހު އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެ ޑްރެޖަރު ގަންނަން ސަރުކާރުން 11 މިލިއަން ޑޮލަރު ލޯނެެއް ދީފައިވާ ކަމަށެވެ. އަދި ފަހުން އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފުރުސަތު ސަރުކާރަށް ދޭ ނަމަ އެހެން ހިއްސާދާރުންނަށް ވެސް ދޭން ޖެހޭނެ. މި ޑްރެޖަރު ގެނެސް އޭގެ ހިދުމަތް ފެށުމުން އޭގެ ފައިދާ ކުންފުންޏަށާއި ހިއްސާދާރުންނަށް ކުރާނެ،" ނިޔާޒް ވިދާޅުވި އެވެ.
އެމްޓީސީސީން ހިއްސާދާރުންނަށް އަލުން ހިއްސާ ވިއްކަން ފެށުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް (މ) އާއި ކުންފުނީގެ އިސްވެރިން ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
އޭނާ ވިދާޅުވީ އެ އަދަދަށް ހިއްސާ ނުވިކިއްޖެ ނަމަ ޓްރާންސްފާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އުއްމީދުކުރަނީ އެ އަދަދަށް ހިއްސާ ވިކުން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"އެ އަދަދުގެ ބޮޑު ބައެއް މިއޮތީ ލިބިފައި. ސަރުކާރުގެ އިކުއިޓީ ލިބިފައި އޮތީމަ އޭގެ ބޮޑު ލިބިފައިވާ ކަމަށް ބެލެވެނީ. މުޅި ރާއްޖޭގައި މި ހިއްސާ ވިއްކުމުގެ ހަރަކާތްތައް ކުރިޔަށްދާނެ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މިފަހަރު ވިއްކާ ހިއްސާގެ މައުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވިއްޖެ ނަމަ އެ އަދަދަށް ހިއްސާ ވިކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ޓާގެޓަށް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން މިފަހަރު ނިންމާފައި ވަނީ ޖުމްލަ ފަސް މިލިއަން ހިއްސާ ވިއްކާ ގޮތަށެވެ. އަދި އެ އަދަދަށް ހިއްސާ ވިކިއްޖެ ނަމަ ޖުމްލަ 305 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކުމަށް ނިންމާފައި ވަނީ 62ރ.ގެ ރޭޓުންނެވެ.
އެމްޓީސީސީގެ ހިއްސާދާރުންނަށް އަލުން ހިއްސާ ވިއްކަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19ން ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހިއްސާގަތުމުގެ ފުރުސަތު ލިބެނީ އަންނަ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ދަފުތަރުކުރެވިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ އަލުން ހިއްސާ ސަބަބަކީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ގަނެފައިވާ "މަހާ ޖައްރާފު" އަށް ފައިސާ ދެއްކުމަށާއި އެ ޑްރެޖަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެހެނިހެން އާލަތްތައް ގަނެ މަޝްރޫއުތައް ފަށައިގަތުމަށް ކަމަށެވެ.
ކުންފުނިން ބުނީ ހިއްސާދާރުންގެ ދަފުތަރުގައި 22،000 ހިއްސާދާރުން އެބަތިބި ކަމަށެވެ.
އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) އިއްޔެ ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ނެދަލެންޑްސްގައި ބޭއްވި ހަފްލާއެއްގައި އެ ޑްރެޖަރާ ހަވާލުވެ ވަޑައިގަތީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
އެމްޓީސީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ ޗެއާމަން ވިދާޅުވީ ޑްރެޖަރު ރާއްޖެ އައުމާއެކު ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެ ޑްރެޖަކީ ރާއްޖޭގެ ގިނަ މަޝްރޫއުތަކުގައި ބޭނުންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
އެމްޓީސީސީގެ ފައިދާ 29 މިލިއަނުގައި ހިފެހެއްޓިފައި
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޓީސީސީން ހިއްސާއަކަށް 3ރ. ބަހަން ނިންމައިފި
2020: އެމްޓީސީސީގެ އެންމެ ކާމިޔާބު އަހަރު