Roadha Mihaaru
މިއަންމާ ސިފައިންނަށް އަދަބު ދޭން ގޮވާލައިފި

މިއަންމާ ސިފައިންނަށް އަދަބު ދޭން ޖެހޭ: ހިއުމަން ރައިޓްސް ވޮޗު

19 ސެޕްޓެމްބަރ 2017

ޖަންގޮން (ސެޕްޓެމްބަރު 19) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ދޭ ރަހުމްކުޑަ އަނިޔާތަކާ ގުޅިގެން މިއަންމާ ސިފައިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަންގޮން (ސެޕްޓެމްބަރު 19) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ދޭ ރަހުމްކުޑަ އަނިޔާތަކާ ގުޅިގެން މިއަންމާ ސިފައިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

އދ.ގެ ޖެނެރަލް އެސެބްލީގެ ބައްދަލުވުން ނިއު ޔޯކުގައި މިއަދު ފަށާ އިރު ހިއުމަން ރައިޓްސް ވޮޗުން ވަނީ މިއަންމާ ސިފައިންނަށް އަދަބު ދިނުމަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ކިބައިން އެދިފަ އެވެ.

"އދ.ގެ ސަލާމަތީ މަޖިލީހާއި ކަމާ ގުޅުން ހުރި ގައުމުތަކުން ޖެހޭ މިއަންމާ ސިފައިންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާ އެ ގައުމަށް ހަތިޔާރު ވިއްކުން ހުއްޓާލަން،" ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއަންމާގެ އަސްކަރިއްޔާ އިން އެ ގައުމުގައި ހުދުމުހުތާރު ވެރިކަން ހިންގި ގާތްގަނޑަކަށް 50 އަހަރު ދުވަހު ތެރޭ ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުން އޮތީ މިއަންމާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ނަމަވެސް ސިފައިންގެ އަތުން ބާރުތައް ދޫކޮށް ޑިމޮކްރެސީ އަށް މިސްރާބު ޖަހަން ފެށުމާ އެކު، އޭގެ ތެރޭން ގިނަ ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފަ އެވެ.

މިއަންމާގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ މިއަދު ދެއްވި ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން މުސްލިމުންނަށް ދޭ އަނިޔާތަކަށް އިޝާރާތް ނުކުރައްވާ ބައި ގަޑިއިރުގެ ތަގްރީރުގައި އެކަމަނާ ވަނީ މިއަންމާ ސިފައިންގެ ޖަރީމާތަކުގެ ދިފާއުގައި ވާހަކަ ދައްކަވައި ގައުމުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ވެއްޖެކަން ދައްކަވަން މަސައްކަތް ކުރައްވައިފަ އެވެ.

މިއަންމާގެ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް އަރައިފަ އެވެ. ޑޮކްޓާސް ވިތައުޓް ބޯޑާސް އިން އިއްޔެ ވަނީ ހަމަނުޖެހުން ހިނގާ ސަރަހައްދުތަކަށް އެ ޖަމާއަތުގެ މެންބަރުންނަށް ދިއުމުގެ ހުއްދަ ދޭން އެދިފަ އެވެ.