13 އޮކްޓޯބަރ 2017
ޔަންގޫން (އޮކްޓޯބަރު 12) - ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުން ނޫން ކަމަށާއި އެއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު އެ ގައުމަށް ގެނައި ބައެއް ކަމަށް މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ވިދާޅުވެއްޖެ އެވެ.
ޔަންގޫން (އޮކްޓޯބަރު 12) - ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުން ނޫން ކަމަށާއި އެއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު އެ ގައުމަށް ގެނައި ބައެއް ކަމަށް މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ވިދާޅުވެއްޖެ އެވެ.
ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިއަންމާގެ އެންމެ ބާރުގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހުލައިން މިހެން ވިދާޅުވީ އެމެރިކާ ސަފީރު ސްކޮޓް މާސިއެލްއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުގަ އެވެ. ރޮހިންޖާ މީހުންނަށް ސިފައިންގެ ޖެނެރަލް މުޚާތަބް ކުރައްވާފައި ވަނީ ވެސް "ބެންގާލީން" ގެ ނަމުންނެވެ.
"ބެންގާލީންނަކީ މިއަންމާ އިން ގެނައި ބައެއް. އެ މީހުން ގެނައީ އިސްތިއުމާރީ ބާރުތަކުން،" އެމެރިކާ ސަފީރު އަރިހު ސިފައިންގެ ޖެނެރަލް ވިދާޅުވި އެވެ. "ރެކޯޑްތަކުން އެނގޭ ގޮތުގައި ވެސް އެ މީހުންނަށް ކިޔަނީ ރޮހިންޖާއެއް ނޫން. އެއީ ބެންގާލީން."
އދ. އިން ދާދި ފަހުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ މިއަންމާ ސިފައިން ދަނީ ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓުން ބޭރު ކުރަން ވަކި ރޭވުމެއްގެ ދަށުން މަސައްކަތް ކުރަމުން ކަމަށެވެ.
ސިފައިންގެ ޖެނެރަލް ވިދާޅުވީ އޮގަސްޓް 25 ވަނަ ދުވަހު މިއަންމާ ސިފައިންނަށް ހަމަލާ ދިނީ ބެންގާލީންގެ ތެރޭގައި ހިމެނޭ އަރްސާ ހަނގުރާމަވެރިން ކަމަށެވެ. އަދި ބެންގާލީން ރަކީން ދޫކޮށް ބަންގްލަދޭޝް އަށް ބަދަލުވާން ފެށީ އެ މީހުންނަށް ރައްކާތެރިކަން ނެތްކަމަށް އަމިއްލަ އަށް އިހުސާސްވާން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ
މިއަންމާ ސިފައިންނަށް އަދަބު ދޭން ގޮވާލައިފި
މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް ސިފައިން ބުނެފި
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
މިޔަންމާގެ އަސްކަރީ ސަރުކާރަށް އދ.ގައި ޖާގައެއް ނެތް
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު