08 ސެޕްޓެމްބަރ 2017
ބުދަ ދުވަހުގެ ރޭ އޮލިމްޕަހާއި ސްވެކްގައި ރަސްމީކޮށް ނެރުނު ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމު "ހައްދު" ރޭ އައްޑޫގައި ވެސް ދައްކަން ފަށައިފި އެވެ.
ބުދަ ދުވަހުގެ ރޭ އޮލިމްޕަހާއި ސްވެކްގައި ރަސްމީކޮށް ނެރުނު ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމު "ހައްދު" ރޭ އައްޑޫގައި ވެސް ދައްކަން ފަށައިފި އެވެ.
އައްޑޫގައި "ހައްދު" ޕްރިމިއާކުރީ ޑައިރެކްޓަރު ފައްތާހާއި ފިލްމުގެ ލީޑް ތިން ތަރިން ކަމަށްވާ އަހުމަދު ޝިބާން އާއި މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާގެ އިތުރުން ފިލްމުގެ ދެ ލަވަ ކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.
މި ފިލްމު ހިތަދޫގެ އިތުރުން މަރަދޫގައި ވެސް ރޭ ދެއްކީ ހައުސްފުލް ޝޯތަކެވެ.
މަރަދޫ ބޮޑޮގޭގައި ބޭއްވި ޕްރިމިއާ ފެށީ "ހައްދު"ގެ ލަވައެެއް ކަމަށްވާ "ބީހިލާށޭ" އިންނެވެ. އެ ލަވަ ތޭރަވާ އާއި އަޝްފާ ވަނީ ސްޓޭޖް މަތީގައި ހުށަހަޅައި ދީފަ އެވެ. އަދި ފައްތާހާއި ތަރިން ވެސް ސްޓޭޖް މަތިން އޯޑިއަންސާ ބައްދަލުކުރި އެވެ.
ފައްތާހް ބުނީ "ހައްދު" އައްޑޫގައި އެޅުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ފިލްމަށް އައްޑޫން ލިބޭ ތަރުހީބާ މެދު އުފާވާ ކަމަށް ވެސް ބުންޏެވެ.
ރޭ އައްޑޫގައި ބޭއްވި ޕްރިމިއާގެ ތެރެއިން ފިލްމު ބަލަން ދިޔަ ބައެއް މީހުން ވަނީ "ހައްދު"ގެ ތަރިންނާ އެކު ސެލްފީ ވެސް ނަގައިފަ އެވެ.
"ހައްދު" ލީޑް ތިން ތަރިން މަރަދޫ ޕްރިމިއާގެ ތެރެއިން ބައެއް މީހުންނާ ސަލާން ކުރަނީ. ފޮޓޯ: މޫމިން
މިއީ މި ފަހުގެ ތާރީހެއްގައި ފިލްމެއްގެ ލީޑް ކާސްޓާއި ޑައިރެކްޓަރު އަދި ލަވަކިޔުންތެރިން އައްޑު އަށް ގޮސް ޕްރިމިއާކުރި ފުރަތަމަ ފިލްމެވެ.
"ހައްދު"ގެ ޝޯތަކަށް ތަރުހީބު ލިބޭ ވަރަކުން އައްޑޫގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މި މަހު 14 ވަނަ ދުވަހު ރޭ ހދ. ކުޅުދުއްފުށީގައި ވެސް "ހައްދު" ގެ ޓީމާ އެކު ކުލަ ގަދަ ޕްރިމިއާއެއް ބާއްވާނެ އެވެ.
"ހައްދު"ގެ ޕްރިމިއާ އައްޑު އާއި ކުޅުދުއްފުށީގައި
ހަށިވިއްކާކަމުގެ ތުހުމަތަށް 10 މީހަކު ހައްްޔަރުކޮށްފި
އާރްޓީއެލް ބަސްތައް އައްޑުއަށް ގެންގޮސްފި
"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު!
ހިތަދޫ ގޭދޮށު މަސް ޕްލާންޓްގެ ކުރީގެ އެއްބަސްވުން ބާތިލުކޮށްފި