Roadha Mihaaru
ހަށިވިއްކާކަމުގެ ތުހުމަތަށް 10 މީހަކު ހައްްޔަރުކޮށްފި

ހަށިވިއްކާ ކަމުގެ ތުހުމަތުގައި އައްޑޫ އިން 10 މީހަކު ހައްޔަރުކޮށްފި

09 މާޗް 2024

އައްޑޫގެ ދެ ރަށެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށް، ބަންދަށް ގެންގޮސްފި އެވެ.

އައްޑޫގެ ދެ ރަށެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށް، ބަންދަށް ގެންގޮސްފި އެވެ.

ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު އައްޑޫގައި ހިނގި އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ އަދި މަރަދޫ އިންނެވެ.

ހިތަދޫ އިން ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑުގެ ތިން އަންހެނުންނެވެ. އެ މީހުން 14 ދުވަހަށް ބަންދުކޮށް ތަހުގީގު ކުރިއަށް ގެންދަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.

މަރަދޫ އިން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި މިޔަންމާގެ ފިރިހެނެއް އަދި ތައިލެންޑުގެ ދެ އަންހެނަކު ކަމަށް ފުލުހުން ބުންޏެވެ.

އެ ހަ މީހުންގެ ތެރެއިން އިންޑިއާ މީހާ ފިޔަވައި އެހެން މީހުންގެ ބަންދަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ. އިންޑިއާ މީހާގެ ބަންދަށް ޖެހީ ހަތަރު ދުވަހެވެ.

އެ މީހުން ހައްޔަރުކުރީ ސްޕާއެއްގެ ގޮތަށް ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކުރުމަށް ފަހު އެވެ.