Roadha Mihaaru

ހިތަދޫ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ހިތަދޫގައި އިއްޔެ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކަައި، ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 އޮކްޓޯބަރ 2024

އައްޑޫ ހިތަދޫގައި އިއްޔެ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކަައި، ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ސޭޓަށް ބިރު ދައްކާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެ އިން ފެންނަނީ ފިހާރައަކަށް ދެ މީހަކު ވަދެ އެކަކު ދަގަނޑުބުރިއަކުން އަދި އަނެއް މީހާ ވަޅިއަކުން ސޭޓަށް ބިރުދައްކައި، ފައިސާތައް ފޭރިގެން ދާ މަންޒަރެވެ.

އެ މީހުން ފޭރުމަށް ފަހު، ނުކުމެގެން ދާއިރު ދަގަނޑުބުރި އޮންނަނީ ފިހާރައިގެ ސޭޓުގެ އަތުގަ އެވެ. އޭނާ އެ މީހުން ފަހަތުން އެ ހިފައިގެން ދުއްވައިގަންނަ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.