Roadha Mihaaru
އައްޑޫ މާރާމާރީއަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

އައްޑޫ މާރާމާރީއަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

06 ޖޫން 2018

އައްޑޫ މަރަދޫގައި ރޭ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މަރަދޫގައި ރޭ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ.

ރޭ މާރާމާރީ ހިންގާފައި ވަނީ މަރަދޫގައި މިހާރު ކުރިއަށްދާ ގޯދިއްޔާ ފުޓްސަލް މުބާރާތް ބަލަން ދިޔަ ހިތަދޫގެ ޒުވާނުންތަކަކާއި ފޭދޫގެ ޒުވާނުންގެ ބަޔަކާ ދެމެދު އެވެ. ނަމަވެސް މާރާމާރީ ހިންގަން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.

މި ފަހަކަށް އައިސް ހިތަދު އާއި ފޭދޫ ގްރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގުން އިތުރުވެ، އާންމުންގެ މެދުގައި ވަނީ ބިރުވެރިކަން ވެސް އުފެދިފަ އެވެ.

ރޭ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ހިންގި މާރާމާރީ އަށް ފަހު، ސްޓޭޑިއަމް ކުރިމަތީގައި ހުންނަ ކެފޭއަކަށް ވަދެ، އެތަނުގައި ވެސް މާރާމާރީ ހިންގައި، ތަނަށް ވެސް ގެއްލުން ދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.