Roadha Mihaaru
އައްޑޫގައި ފަސް މީހެއްގެ ގަޔަށް ވަޅި ހަރައިފި

އައްޑޫގައި ފަސް މީހެއްގެ ގަޔަށް ވަޅި ހަރައިފި

24 ސެޕްޓެމްބަރ 2016

އައްޑޫ ހިތަދޫގައި މިރޭ ފަސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އައްޑޫ ހިތަދޫގައި މިރޭ ފަސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ގުރޫޕް މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 10:45ގަ އެވެ.

ފަސް މީހުންނަށް ވެސް މިވަގުތު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެ އެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނޭނގެ އެވެ.

"މި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.