Roadha Mihaaru
"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު

"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު

11 ޖުލައި 2022

ބޮޑު އީދު ފާހަގަކުރުމަށް އައްޑޫގައި މިހާރު ކުރިއަށްދާ "އައްޑު އީދި ސަމާ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮޑު އީދު ފާހަގަކުރުމަށް އައްޑޫގައި މިހާރު ކުރިއަށްދާ "އައްޑު އީދި ސަމާ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "އީދި ސަމާ"ގެ އިވެންޓްގެ ދަށުން، މަރަދޫ އަދި ހިތަދޫގައި ބާއްވާ އީދު އާއިލީ ހަވީރާއި ހަވާ އެރުވުން އަދި މިއުޒިކް ޝޯ އަށް ދިރާގުގެ އެއްބާރުލުން ދޭނެ އެވެ.

އައްޑު އީދި ސަމާގައި އީދު ސަޔާއި، މަސް ރޭސް އަދި ބަށި ކުޅުން ފަދަ އީދުގެ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ.

މިފަދަ ސަގާފީ އަދި އިޖުތިމާއި ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ހާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

މި އީދުގައި މީދޫ ޒުވާނުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދާ "އައްޑު އީދު ފެސްޓިވަލް"ގެ ޑިޖިޓަލް ޕާޓްނަރަކީ ވެސް ދިރާގެވެ.