08 ޖުލައި 2022
މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދަށް އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ އީދު ފެސްޓިވަލް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދަށް އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ އީދު ފެސްޓިވަލް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މީދޫގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ކުލަ މަޖާ، ފެން ކުޅި، ކުޑަކުދިންގެ ހަވީރު އަދި އީދު ޝޯވ ފަދަ ތަފާތު ހަރަކާތްތައް ހިމެނެ އެވެ. އީދު ދުވަހު ހަދިޔާ ބެހުމާއި އީދު ސައި ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ފެސްޓިވަލް ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަކަށެވެ.
ފެސްޓިވަލްގެ އިންތިޒާމު ކުރުމުގައި އުޅޭ މީދޫ ޑައިނެމިކް ކޮމިއުނިޓީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހައްވާ މުހައްމަދު ވަނީ މިފަދަ ފެސްޓިވަލްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ދިރާގުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.
"މުޖުތަމައުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ޒުވާނުންގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް" ދިރާގުގެ ޕަބްލިކް ރިލޭޝަންގެ އެސިސްޓަންޓް މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވި އެވެ.
ދިރާގުން ބުނި ގޮތުގައި ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން، އެ ކުންފުނިން އަންނަނީ މުޖުތަމައު ކުރިއެރުވުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭ ތަފާތު މަޝްރޫއުތަކުގައި އެހީތެރިވަމުންނެވެ.
"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު
އައްޑޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ
މާލި ހެދެނިކޮށް ފިހުނު ޖިހާދުގެ ހާލު ރަނގަޅު
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް
"ލީން ސްޓާޓްއަޕް މޯލްޑިވްސް" އައްޑޫ އެޑިޝަން ނިމިއްޖެ
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް