10 ސެޕްޓެމްބަރ 2016
ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް މެދުވެރިކޮށް، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގައި ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު މިއަދު އާއިލާއަކަށް ދީފި އެވެ.
ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް މެދުވެރިކޮށް، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގައި ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު މިއަދު އާއިލާއަކަށް ދީފި އެވެ.
ވ. ތިނަދޫގައި ހުންނަ ޕްލުމީރިއާ ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބުނީ ހދ. ކުޅުދުއްފުށީ، ސުތުލިމާގޭ، ހަދީޖާ އަށެވެ. އާއިލާއާ އެކު އެ ގެސްޓް ހައުސްގައި ދެ ރެ އާއި ތިން ދުވަހު ހުރުމުގެ ފުރުސަތު އޭނާ އަށް ވަނީ ލިބިފަ އެވެ.
ދިރާގުން މި އިނާމުގެ ނަސީބުވެރިޔާ ހޮވާފައި ވަނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ލައިކް އެންޑް ޝެއަ" ޕޮރޮމޯޝަން އަކުންނެވެ. ފަނަރަސޭތަކަ އަށް ވުރެ ގިނަ ކަސްޓަމަރުން 24 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޕްރޮމޯޝަނުގައި ބައިވެރިވެ، އެ ކަމަށް ތައްޔާރުކޮށްފައިވާ ޕޯސްޓް ޝެއާކޮށް، ލައިކްކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
"ދިރާގުގެ އަމާޒަކީ މިކަހަލަ ހަދިޔާތަކާ އެކު ތަފާތު ޕްރޮމޯޝަންތައް ދިރާގުގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ކުރިއަށް ގެންދިއުން،" ދިރާގުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޕްލުމީރިއާ ގެސްޓް ހައުސް އަކީ ރާއްޖޭގައި މިހާރު ހިންގާ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ އެއް ގެސްޓް ހައުސް އެވެ. ރިސޯޓްތަކުން ލިބޭ ފަދަ ލަގްޒަރީ ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ އިތުރުން، ވޯޓާ ސްޕޯޓްސް އާއި ޑައިވިން އަދި ވަކިން ހާއްސަ މޫދަށް އެރޭ ސަރަހައްދެއް ވެސް އެ ތަނަށް ކަނޑައަޅާފައިވެ އެވެ.
"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު
ޕިއްޒާ ބޯނާގެ އީދު ހަދިޔާ، ޕިއްޒާއެއް 99ރ. އަށް
ދިރާގު އީދު ޝޯ އީދު ދުވަހުގެ ރޭ ބާއްވަނީ
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ޕްރޮމޯޝަނެއް
ދިރާގު ރޯޑު ރޭހުގެ ރަނިންކްލިނިކެއް އެލީޓް ރަނާސްއާއެކު
ދިރާގު ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިމިޓްލެސް ޑޭޓާ
ދިރާސީ އާ އަހަރަށް ދިރާގުގެ "ބެކް ޓު ސްކޫލް"
މިނިވަން ދުވަހަށް ދިރާގުން "މިނިވަން އުފާ" އެޑްއޮން
ދިރާގު މައި-ފައި ޑިވައިސްގެ ޕްރޮމޯޝަނެއް