06 ސެޕްޓެމްބަރ 2017
ޕެޓްރޯލް ލިޓަރަކުން 30 ލާރި އަދި ޑީސަލް ލިޓަރަކުން 20 ލާރި އެސްޓީއޯ އިން މިއަދު ބޮޑުކޮށްފި އެވެ.
ޕެޓްރޯލް ލިޓަރަކުން 30 ލާރި އަދި ޑީސަލް ލިޓަރަކުން 20 ލާރި އެސްޓީއޯ އިން މިއަދު ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާއި ގުޅިގެންނެވެ.
- ޑީސަލް ލިޓަރެއް ލިބޭނީ 8.64ރ. އަށް
- ޕެޓްރޯލް ލިޓަރެއް ލިބޭނީ 8.95ރ. އަށް
އެސްޓީއޯ އިން އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރީ މިދިޔަ ޖޫން މަހު އެވެ. އެގޮތުން ކުރިން ޕެޓްރޯލް ލިޓަރެއް 8.65ރ. އަށް ހެޔޮކުރިއިރު، ޑީސަލް ލިޓަރެއްގެ އަގު ވަނީ 8.44ރ. އަށް ކުޑަކޮށްފަ އެވެ.
އެފަހަރު އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރީ އެއިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ގަންނަ ސަޕްލަޔަރުންނަށް އެ ބާވަތް ވިއްކާ އަގު މިދިޔަ މަހު ބޮޑު ކުރި އެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް އިން ސަޕްލަޔަރުންނަށް ވިއްކާ ޑީސަލް ލީޓަރަކުން 43 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ބޮޑުކޮށްފަ އެވެ. މި ގެނައި ބަދަލާ އެކު ރަށްރަށުގައި އާންމުންނަށް ތެޔޮ ގަންނަން ލިބޭ އަގު މިހާރު ބޮޑުވާނެ އެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
އެފްއެސްއެމްގެ ފިއުލް ޝެޑެއް 24 ގަޑިއިރަށް
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުޅުމާލޭގައި ހުޅުވައިފި
ސަޕްލަޔަރުންނަށް ޑީސަލާއި ޕެޓްރޯލް ވިއްކާ އަގުބޮޑުކޮށްފި
2ރަށަކަށް ވިއްކި ތެލުގައި ފެން ހުރި ވާހަކަ ދޮގުކޮށްފި
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި