30 އޯގަސްޓް 2017
ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭގައި ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި 50 ވަކީލަކު ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި ޕެޓިޝަން ބަލައިނުގަނެ ފޮނުވާލާފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭގައި ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި 50 ވަކީލަކު ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި ޕެޓިޝަން ބަލައިނުގަނެ ފޮނުވާލާފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ޕެޓިޝަން ބަލައި ނުގަތުމުން ގާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމުގައި ދިމާވެފައި ހުރި އިންތިހާ އަށް ކަންބޮޑުވާ މައްސަލަތައް ހުށަހެޅުމުން، އެ ކަންކަން ބަލައިގަނެވެން ނެތް ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ. އެ ޕެޓިޝަނުގައި ވަކީލުން ކަންބޮޑުވުންފާޅުކުރީ ކޯޓުތަކުގައި ޝަރީއަތް ކުރަމުން އަންނަ ގޮތާއި މިހާރު ކުރަމުންދާ ޓެރަރިޒަމްގެ ދައުވާތަކާއި މުއްދަތު ޖެހުމުގައި ހަމައެއްލަމައެއް ނެތް ކަމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރުން ހެކި ބަސް ނެގުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ވަޒީފާގެ ބިރު ދެއްކުން ފަދަ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ވަރަށް ގިނަ ކަންކަން ކުރުމާއި އެއް ފަނޑިޔާރެއްގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ހައްގުތަކަށް ރައްކާތެރިވުމާއި އެއްވެސް ސަބަބެއް އެންގުމެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އެޅުމަކީ ވެސް ކަންބޮޑުވުމެއް،" މަހްފޫޒް ވިދާޅުވި އެވެ.
މީގެއިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން ހިންގުމުގައި ވެސް ހަމައެއް ލަމައެއް ނެތުމާއި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތަށް އަދާނުކުރުން ފަދަ މައްސަލަތައް ވެސް ޕެޓިޝަންގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ދިފާއު ކުރަން ކޯޓުތަކުން ފަސްޖެހި، ކޯޓުތަކަށް ދީފައިވާ ބާރާއި އިންސާފާ ދުރުވެގަނެ ގާނޫނަށް ވުރެ ސިޔާސީ މަސްލަހަތަށް އިސްކަންދެމުންދާ ކަން ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް އެ ޕެޓިޝަންގައިވެ އެވެ.
"ކޯޓުތަކުގެ ފަނޑިޔާރުންނާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުން ދުރުވެގަތުމަށް، ކޯޓުތަކުން ނުވަތަ ޖުޑީޝަލް ސަވިސްކޮމިޝަނުން އިސް ނަގައިގެން ކަމެއް ކުރެވިފައެއް ނެތެވެ. ޖުޑިޝަރީގެ އިތުބާރު ހޯދުމަށް ޖުޑިޝަރީގެ އެތެރެއަށް ގެނެވިފައިވާ އިސްލާހެއް ނެތެވެ. ޝަރީއަތްކުރުމުގައި ބައެއް ފަނޑިޔާރުން އަމަލުކުރައްވާ ނޭދެވޭ އިޖުރާއަތުތައް އިސްލާހުކުރަން ކަމެއް ކުރެވިފައެއް ނެތެވެ،" ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަންގައި ބުނީ ކޯޓުތަކަށް ފާޑުކިޔާ ފަރާތްތަކަށް އިންޒާރުދީ ނޫސްބަޔާން ނެރުމަކުން ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކޮށް ކޯޓުތަކަށް އާންމުން އިހުތިރާމުކޮށް، އިތުބާރު ކުރާނީ ފަނޑިޔާރުންގެ ސުލޫކާއި ޝަރީއަތްކުރާ ގޮތަށް އިސްލާހު ގެނެވިގެން ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަން ހުށަހެޅީ، މަހްފޫޒް ވިދާޅުވި ގޮތުގައި، އަދުލުއިންސާފުގެ ނިޒާމް އިސްލާހުކުރަން ބޭނުންވާތީ އެވެ.
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ގޯސްތަކެއް ހަދާ ނަމަ ވަކީލުން ތެދުވަން ޖެހޭ: މުއިއްޒު
ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް މީހަކު ހޯދަނީ
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
އަލީ ހަމީދުގެ ކޮރަޕްޝަން ދައުވާގެ ޝަރީއަތް ފަށަނީ