ރައީސް އަބްދުﷲ ޔާމީން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން ފަސްކުރެއްވި ނަމަވެސް އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް މިރޭ ހައްޖަށް ފުރާވަޑަައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން ފަސްކުރެއްވި ނަމަވެސް އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް މިރޭ ހައްޖަށް ފުރާވަޑަައިގެންފި އެވެ.
އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން މި އަހަރު ހައްޖަށް ފޮނުއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ފަސްޓް ލޭޑީއާ އެކު އީކޭ ފްލައިޓުން މިރޭ ފުރާވަޑައިގަތެވެ. މީގެ އިތުރުން، މުލީއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ އާއި ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކެނދިކުޅުދޫ ދާއިރާގެ އަލީ މައުރޫފް ވެސް ހައްޖުގެ އަޅުކަމަށް މިރޭ ފުރާވަޑައިގަތް ކަމަށް އެނގިފައިވެ އެވެ.
ރައީސް ޔާމީން ވެސް ހައްޖުގެ އަޅުކަމަށް މިރޭ ފުރާވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ނިންމަވައިފަ އެވެ. ނަމަވެސް މިހާރު ހަމަޖައްސަވާފައިވާ ގޮތުން އެމަނިކުފާނު ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުގެ ރޭގަ އެވެ.
ރައީސް ހައްޖަށް ފުރާވަޑައިގަންނަވާ ދުވަސް ލަސްކުރެއްވި ސަބަބެއް އަދިއެއް ނޭނގެ އެވެ.
ރައީސްގެ ހައްޖުގެ ދަތުރުފުޅު ދެ ރޭގެ ފަހަށް ފަސްކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން، ރާއްޖޭގެ އެތެރެއިންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ސަރުކާރަށް ކިޔާ ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.
ރައީސް ޔާމީންގެ ދެކަނބަލުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ހައްޖުގެ އަޅުކަމަށް ވަޑައިގެންފަ އެވެ. އެއީ 2014 އާއި 2015ގަ އެވެ.
ރައީސް ހައްޖަށް ވަޑައިގަތުން ހޯމަ އަށް ފަސްކޮށްފި
ސައުދީން އިތުރު 1،000 ހައްޖު ކޯޓާ ރާއްޖެއަށް ދީފި
ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި
ދިވެހި ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
"ސައޫދީން ބާއްވަނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް"
ހައްޖުވެރިންނަށް ދިރާގުން ހެޔޮ އަގުގައި ރޯމިން ހިދުމަތް
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން